ދިވެހިރާއްޖެ
ކުނަހަންދޫ ސްކޫލު ނަމްބަރ: GS-184/IUL/2019/30
ލ.ކުނަހަންދޫ / ދިވެހިރާއްޖެ ތާރީޚް: 27 އޮކްޓޫބަރ 2019
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ދޮރުތަކާއި، ދޮރުފަތްތަށް އަދި 2 ޕާޓިޝަން ބަދަލުކުރުން
- މިސުކޫލުގެ ޢިމާރާތްތަކުގެ ކުޑަދޮރުތަކާއި، ބޮޑުދޮރުތަކާއި، ދޮރުފަތްތަށް، އަދި ހޯލްހިމެނޭ ޢިމާރާތުގެ 2 ޕާޓިޝަން އަމިއްލަތަކެތީގައި ހަދައި، ހަރުކޮށްދޭނެފަރާތެއް ހޯދުމަށް 03 ޖުލައި 2019ގައި ކުރި GS-184/IUL/2019/23 ނަމްބަރުގެ އިޢުލާނާ ގުޅިގެން ނަންނޯޓުކޮށް، މަޢުލޫމާތު ސާފުކުރި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރަތަކުން ބީލަން ހުށައަޅާފައި ނުވާތީ، އެ އިޢުލާނު ބާތިލްކޮށް، 24 ޖުލައި 2019 ގައި ކުރެވުނު GS-184/IUL/2019/25 ނަމްބަރުގެ އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އެސްޓިމޭޓުތަކުގައި ހުށައަޅަންޖެހޭ ބައެއް ޑޮކިއުމަންޓް ތަށް ހަމަނުވާތީ، އެ އިޢުލާނުވެސް ބާތިލްކޮށް، މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
1 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 އޮކްޓޫބަރ 28 ން 2019 ނޮވެމްބަރ 06 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސުކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
2 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެމްބަރ 7ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
3 މި ޕްރޮޖެކްޓާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ނޮވެމްބަރ 10 ވަނަ ދުވަހުގެ މެންދުރުފަހު 13:00ގައި މި ސުކޫލުގެ ލައިބުރަރީގައެވެ.
4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ނޮވެމްބަރ 19 ވަނަ ދުވަހުގެ 13:00 ގައި މި ސުކޫލުގެ ލައިބުރަރީގައެވެ.
5 މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000/- ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.
6 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- · ކުނަހަންދޫ ސުކޫލު / ލ. ކުނަހަންދޫ
- ފޯން: 6800744
- އީ-މެއިލް: [email protected]
- ކޮޕީ އީ-މެއިލް: [email protected]
23 އޮކްޓޫބަރ 2019