ދިވެހިރާއްޖެ
| 
 
 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ 
 އިޢުލާން ނަންބަރު: (IUL)MMPRC-HR/1/2019/75 ވަޒީފާގެ ފުރުޞަތު  | 
|
| 
 މަޤާމުގެ ނަން: އޮފިސަރ ޑިޒައިނަރ  | 
 - މުސާރަ (މަހަކު) : -/7080 ރުފިޔާ މަހަކު - ސާރވިސް އެލަވަންސް: -/2،360 ރުފިޔާ މަހަކު - ޑެއިލީ އެލަވަންސް: -/2،360 ރުފިޔާ މަހަކު - އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން  | 
| 
 ޑިޕާރޓްމަންޓް / ސެކްޝަން: ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ  | 
 ބޭނުންވާ އަދަދު: 1  | 
| 
 ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ- މަޤާމަށް ބޭނުންވާ މަލްޓިމީޑިޔާ ނުވަތަ ގްރެފިކްސް ޑިޒައިން އަދި އެނިމޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުމާއިއެކު ޑިޒައިންކުރުމާއި އެނިމޭޓް ކުރުމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، އެޑޯބީ ގްރިއޭޓިވް ކްލައުޑް ސޮފްޓްވެއަރތައް ރަނގަޅަށް އެގުން، ގޫގްލް ޖީސުއިޓް އަދި އެފަދަ އެހެން ޕްލެޓްފޯމް ތަކާއި އެޕްލިކޭޝަންތައް ބޭނުންކޮށްގެން މަސައްކަތް ކުރަން އެނގުން، ތްރީ-ޑީ ކުރެހުންތައް ކުރަހަން އެނގުން، ޑިޖިޓަލް ފައިލް ފޯމެޓްތަކާއި ގުޅޭ ޓެކްނިކަލް މަޢުލޫމާތު އެނގުން އަދި ކޯޕަރޭޓް މާހައުލެއްގައި ބޭނުންކުރާ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން އެގުން. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: - މިކޯޕަރޭޝަނުން ޑިޒައިންކުރަންޖެހޭ ތަކެތި ހެޑް އޮފް ޑިޕާޓްމަންޓްގެ ލަފާގެ މަތިން ކޮންސެޕްޓް ހެދުމާއި ޑިޒައިން ކުރުން. - ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ ސެކްޝަނުގެ މަސައްކަތްތައް ހެޑް އޮފް ޑިޕާޓްމަންޓްގެ ލަފާގެމަތިން ކުރުން. - ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.  | 
|
| 
 ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 04 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މި ކޯޕަރޭޝަން (ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު) އަށް.  | 
|
| 
 ހުށައަޅަންޖެހޭ ލިޔުންތައް: - ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ) - ޕޯޓްފޯލިއޯ  | 
|
| 
 އިތުރު މަޢްލޫމާތު: 
 އެޑްރެސް ކުރައްވާނީ: ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން 
  | 
|
