ދިވެހިރާއްޖެ
ޕެންޝަން އޮފީހަށް ބޭނުންވާ އިންޝުއަރެންސް ޚިދުމަތްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: 216MPAO/IUL/2019/45 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މިދަންނަވާ އިންޝުއަރެންސް ޚިދުމަތްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
1- މިއޮފީހުގެ މުވައްޒަފުންނަށް "ކޯޕަރޭޓް ހެލްތު އިންޝުއަރެންސް" ފޯރުކޮށްދިނުން.
2- މިއޮފީހުގެ ފަރާތުން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް "ޓްރެވަލް އިންޝުއަރެންސް" ފޯރުކޮށްދިނުން.
3- މިއޮފީހުގެ އޮފީސް ޢިމާރާތުގައި ބޭނުންކުރާ ފަރުނީޗަރާއި ފިކްސްޗާރސް އަދި އިކުއިޕްމަންޓްތަކަށް "ފަޔާރ އެންޑް ޕެރިލްސް އިންޝުއަރެންސް" ފޯރުކޮށްދިނުން.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 28 އޮކްޓޫބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)
އަންދާސީ ހިސާބު ބަލައިގަތުން:
ތާރީޚު: 04 ނޮވެމްބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.