ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ބާ ކައުންސިލުގެ ޖެނެރަލް ކައުންސެލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

ބާ ކައުންސިލުގެ ޖެނެރަލް ކައުންސެލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

 

ޤާނޫނު ނަންބަރު 5/2019 (ޤާނޫނީ ފަންނުގެ ޤާނޫނު) އިން އުފައްދާފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ޖެނެރަލް ކައުންސެލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި އާންމުކޮށް އިޢުލާންކުރަމެވެ.

 

މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް އަދި މުސާރައާއި އިނާޔަތްތައް ތިރީގައި އެވަނީއެވެ.

މަޤާމް:

ޖެނެރަލް ކައުންސެލް

ބޭނުންވާ ޢަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް/ މާލެ

އަސާސީ މުސާރަ:

-/20,000

މަޤާމުގެ ޙައެޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:

ސަރވިސް އެލަވަންސް:

-/5000

ނޮން-ޕްރެކްޓިސް އެލަވަންސް:

-/9000

ފޯނު އެލަވަންސް:

-/500

 

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

އަސާސީ ޝަރުތުތައް:

-      ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން؛

-      ޤާނޫނީ ދާއިރާގައި މަސައްކަތްކުރުމުގެ 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

-      ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛ އަދި

-      ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

-      ޤާނޫނު ނަންބަރު 2019/5 (ޤާނޫނީ ފަންނުގެ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށާއި، ދާއިމީ ސަބްކޮމިޓީތަކުގެ މައްޗަށް ޤާނޫނުން މަތިކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ބޭނުންވާ ޤާނޫނީ ލަފާދިނުން؛

-      ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ބާ ކައުންސިލު ތަމްސީލްކުރުން؛

-      ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި ބާ ކައުންސިލާ ގުޅުންހުރި އެންމެހައި ޤާނޫނީ ކަންކަމުގައި ބާ ކައުންސިލަށް އެކި ގޮތްގޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާއި، ޤާނޫނީ އެކިއެކި ދިރާސާތައް ކުރުމާއި، މި ނޫންވެސް މަޤާމުގެ ޙައެޡިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛ އަދި

-      ބާ ކައުންސިލުގެ ޑިޕާޓްމަންޓް/ ޑިވިޜަން/ ސެކްޝަން ހިންގުމުގެ މަސްޢޫލިއްޔަތާއި ވާޖިބުތަކާ ޙަވާލުވާން ޖެހިއްޖެ ޙާލަތެއްގައި އެ ޒިންމާ އަދާކުރުމަށް ޤާނޫނީ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، އެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ހިންގާ ބެލެހެއްޓުން.

 

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ބާ ކައުންސިލްގެ ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  2. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް).
  3. އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  4. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި ރޭންކް ނުވަތަ ކްލެސިފިކޭޝަން) އެނގޭގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި އެ ވަޒީފާ ތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން.
  5. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ މަޢުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެގޭނެގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް. (ސުޕަވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި އެބޭފުޅާ ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ).
  6. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.
  7. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން:

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށް އިސްކަންދެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

-    މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕަރފޯމަންސް އެޕްރެއިޒަލް)، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން  ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑު ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.

-    މިމަޤާމަށް ކުރިމަތިލާ ފަރާތަކުން ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، ޕްރެޒެންޓޭޝަނާ ގުޅޭ ތަފްޞީލް މަޢުލޫމާތާއެކު، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މަސައްކަތު 2 ދުވަސް ކުރިން، ޝޯޓްލިސްޓްވީ ފަރާތްތަކަށް އަންގާނެއެވެ.

-    ސްކްރީން ކުރުމުގެ މަރުހަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މި މަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ  އެއްވެސް މަރުހަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުހަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުސަތު ގެއްލޭނެއެވެ.

-    މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތީން، ކައުންސިލުގެ ރައީސެވެ.

-    ޝޯޓްލިސްޓު ނުކުރެވޭ ފަރާތްތަކަށް ޝޯޓްލިސްޓް ނުކުރެވޭކަން ބާ ކައުންސިލުގެ ފަރާތުން ސަބަބާއެކު އަންގާނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބާ ކައުންސިލް ގެ ވަގުތީ އޮފީސް (ބައު ޖަމާލުއްދީން، ނިކަގަސްމަގު، މާލެ، ދިވެހިރާއްޖެ) އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް ބާ ކައުންސިލްގެ އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވެނޭއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅުއްވަނީ އީ-މެއިލުން ކަމަށްވާނަމަ، އެއް އީ-މެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓެއް ހުންނަންވާނީ އެއް އީ-މެއިލެއްގައި އެޓޭޗްކުރެވިފައެވެ.

24 އޮކްޓޫބަރު 2019
ހޯދާ