ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ޑިރެކްޓަރ ފައިނޭންޝަލް އެފެއާޒުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

ޑިރެކްޓަރ ފައިނޭންޝަލް އެފެއާޒުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

 

ޤާނޫނު ނަންބަރު 5/2019 (ޤާނޫނީ ފަންނުގެ ޤާނޫނު) އިން އުފައްދާފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ޑިރެކްޓަރ ފައިނޭންޝަލް އެފެއާޒުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި އާންމުކޮށް އިޢުލާންކުރަމެވެ.

 

މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް އަދި މުސާރައާއި އިނާޔަތްތައް ތިރީގައި އެވަނީއެވެ.

 

މަޤާމް:

ޑިރެކްޓަރ ފައިނޭންޝަލް އެފެއާޒް

ބޭނުންވާ ޢަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް/ މާލެ

އަސާސީ މުސާރަ:

 

-/10500

މަޤާމުގެ ޙައެޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:

ސަރވިސް އެލަވަންސް:

-/6000

ފޯނު އެލަވަންސް:

-/500

 

މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

 

އަސާސީ ޝަރުތުތައް:

-      ފައިނޭންސް / އެކައުންޓިންގ ނުވަތަ އެނޫންވެސް ގުޅޭ ދާއިރާއަކުން ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ފައިނޭންސް އެންޑް އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވުން. ނުވަތަ

 

-      ފައިނޭންސް / އެކައުންޓިންގ ނުވަތަ އެނޫންވެސް ގުޅޭ ދާއިރާއަކުން ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ފައިނޭންސް / އެކައުންޓިންގ ގެދާއިރާއެއްގައި މަދުވެވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

-      ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތު ޤާނޫނު)ގައި ބަޔާންކުރެވިފައިވާ މާލީ ޒިންމާދާރު ވެރިޔާގެ އެންމެހައި މަސްއޫލިއްޔަތެއް އަދާކުރުން.

 

-      އޮފީހުގެ ފައިސާއާއި ބަޖެޓުގެ އެންމެހައި ކަންކަން ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތަށް އިންތިޒާމްކޮށް، މުވައްޒަފުންނާ މަސައްކަތް ޙަވާލުކޮށް، މަސައްކަތްތައް ޤާނޫނާ ގަވާއިދާ އެއްގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުން.

 

-      ބާ ކައުންސިލުގެ ފައިސާއާއި ބަޖެޓުގެ މަސައްކަތްތަކާއި އޮފީހަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ހޯދުމުގެ އެންމެހައި މަސައްކަތެއް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އިންތިޒާމްކޮށް ހިންގުން.

 

-      އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެއްވާ ލަފައާއި އެއްގޮތަށް އޮފީހުގެ ފައިސާ އަދި ބަޖެޓުގެ އެންމެހައި މަސައްކަތެއް ބެލެހެއްޓުން.

 

-      އޮފީހަށް ބޭނުންވާ ޚިދުމަތާއި ތަކެތި ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އަދި ކަމާބެހޭ އިދާރާތަކުގެ އެންގުންތަކާއި އެއްގޮތްވާގޮތުގެ މަތިން ހޯދާ ލިޔެކިޔުންތައް ބަލަހައްޓަމުންދާކަން ކަށަވަރުކުރުން.

 

-      އޮފީހުގެ އިންވެންޓަރީ ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އަދި ކަމާބެހޭ އިދާރާތަކުގެ އެންގުންތަކާއި އެއްގޮތަށް ބަލަހައްޓަމުންދާކަން ކަށަވަރުކުރުން.

 

-      އޮފީހުގެ ބިޑް ކޮމިޓީގެ އެންމެހައި މަސައްކަތްތަކެއް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިނގާކަން ކަށަވަރުކުރުން.

 

-      މީގެއިތުރު އޮފީހުން ހަވާލުކުރެވޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.

 

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ބާ ކައުންސިލްގެ ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

 

  1. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

 

  1. އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

 

  1. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި ރޭންކް ނުވަތަ ކްލެސިފިކޭޝަން) އެނގޭގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި އެ ވަޒީފާ ތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން.

 

  1. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ މަޢުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެގޭނެގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް. (ސުޕަވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި އެބޭފުޅާ ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ).

 

  1. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.

 

  1. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން:

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށް އިސްކަންދެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

-    މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕަރފޯމަންސް އެޕްރެއިޒަލް)، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން  ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑު ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.

 

-    މިމަޤާމަށް ކުރިމަތިލާ ފަރާތަކުން ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، ޕްރެޒެންޓޭޝަނާ ގުޅޭ ތަފްޞީލް މަޢުލޫމާތާއެކު، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މަސައްކަތު 2 ދުވަސް ކުރިން، ޝޯޓްލިސްޓްވީ ފަރާތްތަކަށް އަންގާނެއެވެ.

 

 

-    ސްކްރީން ކުރުމުގެ މަރުހަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މި މަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ  އެއްވެސް މަރުހަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުހަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުސަތު ގެއްލޭނެއެވެ.

 

-    މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތީން، ކައުންސިލުގެ ރައީސެވެ.

 

-    ޝޯޓްލިސްޓު ނުކުރެވޭ ފަރާތްތަކަށް ޝޯޓްލިސްޓް ނުކުރެވޭކަން ބާ ކައުންސިލުގެ ފަރާތުން ސަބަބާއެކު އަންގާނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބާ ކައުންސިލް ގެ ވަގުތީ އޮފީސް (ބައު ޖަމާލުއްދީން، ނިކަގަސްމަގު، މާލެ، ދިވެހިރާއްޖެ) އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް ބާ ކައުންސިލްގެ އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވެނޭއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅުއްވަނީ އީ-މެއިލުން ކަމަށްވާނަމަ، އެއް އީ-މެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓެއް ހުންނަންވާނީ އެއް އީ-މެއިލެއްގައި އެޓޭޗްކުރެވިފައެވެ.

24 އޮކްޓޫބަރު 2019
ހޯދާ