ހުރަވީ ސްކޫލް، ހުޅުމާލެ
ދިވެހިރާއްޖެ
ބާސްކެޓް ބޯލް ޕޫލް ހިންގާނެ ފަރާތެއް ހޯދުމަށް

ކުޅިވަރު ޕޫލް ހިންގާނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެ

ހުރަވީ ސްކޫލުގެ ބާސްކެޓް ބޯލް ޕޫލް ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

ވީމާ ހުރަވީ ސްކޫލުގެ ދަރިވަރުންނަށް ބާސްކެޓް ބޯލް ޕޫލް  ހިންގުމަށް ޝައުޤުވެރިވާ ތިރީގައި މިދަންނަވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން  27 އޮކްޓޫބަރ 2019 ވަނަ ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން 31 އޮކްޓޫބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބާސްކެޓް ބޯލް ޕޫލްގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު 6 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ސުކޫލަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.  މި އިޢުލާނާއެކު ޕޫލް ކުރިޔަށްގެންދާނެ ގޮތުގެ މައުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިމުއްދަތުގައި ރެޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބާސްކެޓް ބޯލް ޕޫލަށް ޕްރޮޕޯސަލް ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ. 

  • ޕްރޮޕޯސަލް ހުށަހަޅާ ކުޅިވަރު ކުރިއަރުވާ މުބާރަތްތައް ރާވާ ހިންގާ ކުލަބު ޖަމުޢިއްޔާ އަކަށްވުން.
  • ކުލަބު ޖަމުޢިއްޔާ އަކީ ދިވެހިރާއްޖޭގެ ސްޕޯޓްސް ކައުންސިލް ގައި ރެޖިސްޓްރީ ވެފައިވާ ޖަމުޢިއްޔާ އަކަށްވުން
  • ޖަމިއްޔާގައި ދަށްވެގެން 'ސީ' ލައިސަންސް ކޯޗަކު ހުރުން.
24 އޮކްޓޫބަރު 2019
ހޯދާ