ހުރަވީ ސްކޫލް، ހުޅުމާލެ
ދިވެހިރާއްޖެ
ސުވިމިންގ ޕޫލް ހިންގާނެ ފަރާތެއް ހޯދުމަށް

ކުޅިވަރު ޕޫލްތައް ހިންގާނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެ

ހުރަވީ ސްކޫލުގެ ސުވިމިންގ ޕޫލް ހިންގުމަށް ކުރެވުނު އިއުލާން ނަންބަރ ނަންބަރ: (IUL)HUR/1/2019/80    އާއި ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އަލުން ހުރަވީ ސްކޫލުގެ ސުވިމިންގ ޕޫލް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.

ވީމާ ހުރަވީ ސްކޫލުގެ ދަރިވަރުންނަށް ސުވިމިންގ ޕޫލް  ހިންގުމަށް ޝައުޤުވެރިވާ ތިރީގައި މިދަންނަވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން  27 އޮކްޓޫބަރ 2019 ވަނަ ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން 31 އޮކްޓޫބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން ސުވިމިންގ ޕޫލްގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު 6 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ސުކޫލަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.  މި އިޢުލާނާއެކު ޕޫލް ކުރިޔަށްގެންދާނެ ގޮތުގެ މައުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިމުއްދަތުގައި ރެޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ސުވިމިންގ ޕޫލަށް ޕްރޮޕޯސަލް ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ. 

  • ޕްރޮޕޯސަލް ހުށަހަޅާ ކުޅިވަރު ކުރިއަރުވާ މުބާރަތްތައް ރާވާ ހިންގާ ކުލަބު ޖަމުޢިއްޔާ އަކަށްވުން.
  • ކުލަބު ޖަމުޢިއްޔާ އަކީ ދިވެހިރާއްޖޭގެ ސްޕޯޓްސް ކައުންސިލް ގައި ރެޖިސްޓްރީ ވެފައިވާ ޖަމުޢިއްޔާ އަކަށްވުން
  • ޖަމިއްޔާގައި ދަށްވެގެން 'ސީ' ލައިސަންސް ކޯޗަކު ހުރުން.
24 އޮކްޓޫބަރު 2019
ހޯދާ