އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
AA.Himandhoo Community Pre-School Teacher

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

މަޤާމް:                       ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު:                 1 (އެކެއް)

އޮފީސް:                      އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލް އިދާރާ

ޔުނިޓް:                       ހިމަންދޫ ކޮމިޔުނިޓީ ޕްރީސްކޫލް

މަޤާމުގެ ގިންތި:                 ވަގުތީ

މަސައްކަތް ހަމަޖެހިފައިވާތަން:        ހިމަންދޫ ކޮމިޔުނިޓީ ޕްރީސްކޫލް

ރަށް:                         އއ. ހިމަންދޫ

މުއްދަތު:                      4 ނޮވެމްބަރ 2019 އިން 18 ނޮވެމްބަރ 2019 ގެ ނިޔަލަށް

މަޤާމު

ކްލެސިފިކޭޝަން

ޝަރުތު

މުސާރަ (ރުފިޔާ)

ޕްރީ ސްކޫލް ޓީޗަރ

ޕްރީސްކޫލް ޓީޗަރ 2

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ސެޓްފިކެޓް 2 ލެވެލްގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ނުވަތަ

ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުން އަދި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގެ "ދިވެހި" މި މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން.

 

3000.00

 

 

އެލަވަންސް :

 

 

500.00

 

 

 

 

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތް:

  1. މަންހަޖުގައި ކަނޑައެޅިފައިވާ މައިގަނޑު ޤާބިލިއްޔަތުތައް ޙާސިލްވާގޮތަށް ސްކީމް އޮފް ވޯރކް ތައްޔާރުކުރުން.
  2. ކުރިއަށް އޮންނަ ހަފުތާއަށް ލެސަން ޕްލޭން، އަދި ކިޔަވައިދިނުމަށް ބޭނުންވާ އެހީ ތައްޔާރުކުރުން (ތަފާތު ފެންވަރުގެ ކުދިންނަށް އަމާޒުކޮށް).
  3. ކްލާހަކީ ކުދިންނަށް އަމިއްލައަށް އުނގެނުމަށް ފަހި މާޙައުލަކަށް ހެދުން (ތަފާތު ހުނަރު ދަސްވާގޮތަށް ކުލާހުގެ މާޙައުލު ރާވައިލުން).
  4. ކޯޑިނޭޝަން ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާކޮށް ޚިޔާލުތައް ހިއްސާކުރުން.
  5. ކުދިންނާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު މުދައްރިސަށް އެނގި، އޮޅުން ފިލާފައި ހުރުން.
  6. ކުދިންގެ ތަޢުލީމީ ކުރިއެރުން (ކުދިންގެ ތަޢުލީމީ، ޖިސްމާނީ ކުރިއެރުން، ކުދިންގެ ހުނަރުތައް) ޤަވާއިދުން ބަލަހައްޓައި، އެމަޢުލޫމާތު  ޤަވާއިދުން ބެލެނިވެރިންނަށް ފޯރުވައިދިނުން (ޕޯޓްފޯލިއޯ، އެނެކްޑޯޓަލް ރިކޯޑްސް).
  7. ސްކޫލްގައި ހިންގާ އިތުރު ޙަރަކާތްތައް ހިންގުމުގެ ޒިންމާނަގައިގެން ހިންގުން.
  8. ކިޔަވައިދިނުމުގައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުން.
  9. ކުދިން ކުލާހަށް އައުމަށްފަހު ކިޔަވައި ނިމެންދެންނާއި، އަދި ކިޔަވައި ނިމުމުން، އެކުދިންގެ ބެލެނިވެރިން އެ ކުދިންނާ ހަވާލުވަންދެން އެކުދިން ބެލެހެއްޓުމުގެ ޒިންމާނެގުން.
  10. މުދައްރިސުން އެމީހުންގެ އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
  11. ހަމަހަމަގޮތެއްގައި ސްކޫލްގެ ޙަރަކާތްތަކުގައި ހުރިހާ ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތުދިނުން.
  12. ޕްރީސްކޫލް ކްލާސްރޫމް ތެރެ އަދި ގޯތިތެރެ މަސައްކަތު މީހުނާއި ގުޅިގެން ސާފްކޮށް ބެލެހެއްޓުން.

 

މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީނު

މަސައްކަތުގެ ތަޖުރިބާ

މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި ސިފަތައް

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:  ފޯން: 6660061

 ފެކްސް: 6660061

 

އިންޓަރވިއު އޮންނާނެ ގަޑި:

             މިމަޤާމަށް މީހަކު ނެގުން އޮންނާނީ އިންޓަރވިއު  ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނީ 03 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 20:00 ގައި ހިމަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.  

ސުންގަޑި:ޝަރުތު ހަމަވާ މީހުން 31 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހު 14:00ގެ ކުރިން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެތި އއ.ހިމަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް (ކައުންސިލް އިދާރާއިން އަދި ސިވިލްސަރިވސް ކޮމިޝަންގެ ވެބްސައިޓްwww.csc.gov.mvއިން ލިބެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ފޮޓޯކޮޕީ.
  • މުއްދަތު ހަމަނުވާ އައި.ޑީ ކާޑްގެ ސާފު ފޮޓޯކޮޕީ.
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވިޓާ).
24 އޮކްޓޫބަރު 2019
ހޯދާ