މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އިންހައުސް ކޮށް ޓްރޭނިންގ ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި މިނިސްޓްރީ އާއި މި މިނިސްޓްރީ ދަށުން ހިނގަމުންދާ އިދާރާތަކުގެ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކުރުމުއްދަތުގެ ތަމްރީން ޕްރޮގްރާމްތަކެއް ހިންގައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 30 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 28 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން    [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ،

އަމީނީ މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އިންހައުސް ކޮށް ޓްރޭނިންގ ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

އިޢުލާނު ނަންބަރު:   IUL)471-CDS3/1/2019/180)

22 ސަފަރ 4411ހ.

23 އޮކްޓޫބަރު 2019
ހޯދާ