އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުއްޔަށް ބިންދޫކުރުމާއިބެހޭ:

`

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ                

      ބޮޑުފޮޅުދޫ، ދިވެހިރާއްޖެ                                                                    

                                                        ނަންބަރ(IUL)343 /343/2019/ 99  :

އިޢުލާން

 

 

ކުއްޔަށް ބިންދޫކުރުމާއިބެހޭ:

 

                             ބަނދަރު ކޮޅުތޮށިން ބިން ކުއްޔަށް ދޫކުރުމަށް ކުރިން ކޮށްފައިވާ (IUL) 343-343/2019/98   ނަމްބަރ އިޢުލާނުގައި ތާރީޚް ނުބައިކޮށް ޖެހިފައިވުމާއި، ގުޅިގެން އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

                  މިރަށުގެ ބަނދަރުގެ އިރުމަތިފަރާތު ކޮޅުތޮށިން މަސްވެރިކަމާއި، ގުޅުންހުރި މަސައްކަތްތައް ކުރުމަށް 1000 އަކަފޫޓްގެ  1 ބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލްއިން ވަނީ ނިންމާފައެވެ. އަދި ކުއްޔަށް ދޫކުރާބިމުގެ ކުލި ފެށޭ އަގަކީ އަކަފޫޓަކަށް /1 ރ. ރޭޓުންނެވެ. މިގޮތުން ބިންކުއްޔަށްދޫކުރެވޭނީ އަކަފޫޓަކަށް /1 ރުފިޔާ އަށްވުރެ މަތިން އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ކުއްޔެއް ހުށަހަޅާ ފަރާތްތަކަށެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

                  ވީމާ، ބިން ކުއްޔަށްހިފަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 31 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 13 ނޮވެންބަރު 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމަކުން މިޢިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ ހުށަހަޅާފަރާތްތަކުގެ ހާޟިރުގައި 13 ނޮވެންބަރު 2019 ވާ ބުދަ ދުވަހުގެ 13:00ގައި މިއިދާރާގައެވެ. މަތީގައި ދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ސެސަނަށް ހާޒިރުނުވާފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މައުލޫމާތު ސާފްކުރަން ވަޑައިގެންނެވި ބޭފުޅުންނަށްލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. މިލިޔުމުގެ ބޭރުގައި "ބިން ކުއްޔަށްހިފުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

                       ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

                       23 އޮކްޓޫބަރު 2019

23 އޮކްޓޫބަރު 2019
ހޯދާ