ދިވެހިރާއްޖެ
މި ސްކޫލުގެ ދަރިވަރުންގެ ރަސްމީ ޔުނީފޯމު 2020 ވަނަ އަހަރުން ފެށިގެން ބަދަލުވާތީ، ޔުނީފޯމާއެކު އެޅުމަށް ހަމަޖެހިފައިވާ ޓައި، އަމިއްލަ ތަކެތީގައި ތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމަތު ސާފުކުރެއްވުމަށްފަހު މި ސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މި ސްކޫލްގެ މީޓިންގ ރޫމްގައެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
- ރަޖިސްޓަރީ ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޣާޒީ ސްކޫލް، ހުޅުމާލެ
- ފޯން: 3350733، 3350744
- އީ-މެއިލް: [email protected]
- ކޮޕީ އީ-މެއިލް: [email protected]
# |
ތަފުސީލު |
ތާރީޚު |
ގަޑި |
1 |
ރަޖިސްޓަރީކުރުން |
24 އޮކްޓޯބަރު 2019 އިން 28 އޮކްޓޯބަރު 2019 |
ހެނދުނު 08:00 ން މެންދުރުފަހު 02:00 އަށް (ބަންދުނޫން ކޮންމެ ދުވަހަކު) |
2 |
މަޢުލޫމާތު ސާފުކުރުން |
30 އޮކްޓޯބަރު 2019 (ބުދަ) |
ހެނދުނު 11:00 |
3 |
އަންދާސީހިސާބު ހުށަހެޅުން |
04 ނޮވެމްބަރު 2019 (ހޯމަ) |
ހެނދުނު 11:00 |
23 އޮކްޓޯބަރު 2019