ދިވެހިރާއްޖެ
މިމިނިސްޓްރީގެ ނަންބަރު (IUL)471-CDS3/1/2018/1000 (27 ނޮވެމްބަރ 2018) އިޢުލާނާ ގުޅޭ.
ޙަވާލާދީފައިވާ އިޢުލާނުގައި 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޙިދުމަތްތަކުގެ ބިލްތައް 06 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 1400 ގެ ކުރިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށަހެޅުއްވުމަށް ދަންނަވާފައިވީނަމަވެސް، މިމުއްދަތު ހަމަވެ، މިއަދާ ހަމައަށްވެސް ގިނަ ޢަދަދެއްގެ ފަރާތްތަކަކުން މިފަދަ ބިލްތައް މިނިސްޓްރީއަށް ހުށަހަޅަމުންދާތީ، މިދަފަ ފަރާތްތަކަށް ދެވޭ ފަހު ފުރުޞަތެއްގެ ގޮތުން 28 ނޮވެމްބަރ 2019 ގެ 1400 ގެ ނިޔަލަށް މިދެންނެވި ބީދައިން ގަނެފައިވާ ތަކެއްޗަށް އަދި ހޯދާފައިވާ ޙިދުމަތްތަކުގެ ބިލްތައް ހުށަހެޅުމަށް ހުޅުވާލައި މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
ބިލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 0800 ން ފެށިގެން މެންދުރުފަހު 1330 ގެ ނިޔަލަށް މިމިނިސްޓްރީގެ ކައުންޓަރުންނެވެ.
އަދި ދަންނަވަމެވެ. 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޙިދުމަތްތަކުގެ ބިލްތައް 14 ނޮވެމްބަރ 2019 ގެ 1400 ގެ ކުރިން މިމިނިސްޓްރީ އަށް ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ ބިލްތައް މިތާރީޚްގެ ފަހުން ބަލައިގަނެވެން ނެތްކަމުގައި ދަންނަވަމެވެ. އަދި މިފަދަ އެއްވެސް ބިލަކަށް މިތާރީޚްގެ ފަހުން މިމިނިސްޓްރީން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބެނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
24 ޞަފަރު 1440