މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ތުލުސްދޫ އިން ބަންޑާރަގޯތި ދޫކުރުން

އިޢުލާން

ކ.ތުލުސްދޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުން

ދިރިއުޅުމަށްޓަކައި މިރަށުން ބަންޑާރަގޯތި ދޫކުރުމަށް ކުރީގެ ހައުސިން މިނިސްޓްރީން ކުރައްވާފައިވާ ނަންބަރު:(IUL)138-PS2/138/2018/138  އިޢުލާން ބާތިލްކޮށް އަދި އެއިޢުލާނާއި ގުޅިގެން ހުށަހެޅި ފޯމްތައް ބާތިލްކޮށް އަލުން ގޯތިދޫކުރުމަށް އަންގަވާފައިވާތީ ދިރިއުޅުމަށްޓަކައި މިރަށުން 2000 އަކަފޫޓުގެ، 75 ގޯތި ދޫކުރުމަށް ކައުންސިލުން ކަނޑައަޅައިފީމެވެ. ގޯތި ދޫކުރެވޭނެ ގޮތް މި އިޢުލާނާއި އެކު މިވަނީއެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

   1.   ދިވެހި ރައްޔިތަކަށްވުން.

   2.   އުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުން.

   3.    ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން، ތިރީގައި ބަޔާންކޮށްފައިވާ ފަދައިން ބިމެއް ލިބިފައި އޮވެގެން ނުވާނެއެވެ.

3.1   ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން.     

3.2   ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ، ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިނެތުން.

3.3   އިސްވެ ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކުން، 600 އަކަފޫޓަށްވުރެ ކުޑަ ނުވަތަ ބޮޑު ބައެއް ލިބިފައިވާނަމަ "ދިރިއުޅުމަށް ބަންޑާރަ ގޯތިދޫކުރުމާއިބެހޭ ޤަވާއިދު" އާއި އެއްގޮތް ވާގޮތުގެމަތިން އެބިން ދޫކޮށްލަން އެއްބަސްވުން. އަދި އެފަދައިން ބިން ދޫކޮށްލަން އެއްބަސްވާކަމުގެ ލިޔުމެއް ފޯމާއި އެކު ހުށަހަޅަންވާނެއެވެ. އަދި އެފަދަ ލިޔުމެއް ހުށަނާޅާނަމަ، ފޯމް ބާތިލްވާނެއެވެ.

   4.  ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން، ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވުން.

   5.  ފާއިތުވި 2 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ވާރުތަ މުދަލުގެ ގޮތުގައި ލިބިފައިވާ 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ޝަރުޢީ މަރުހަލާގެ ތެރެއިން ދޫކޮށްލާފައިވާ ފަރާތަކަށް ނުވުން.

   6. ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށް ވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައިނުވުން.

 

ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދެވޭ ގޮތް:

1.1  ކައިވެނީގެ ބައި:

(ހ) މީހަކާ އިނދެގެންހުރިނަމަ                                          20 ޕޮއިންޓް

(ށ) ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ                 15 ޕޮއިންޓް

(ނ) ކައިވެންޏަށް 1 (އެކެއް) އަހަރު ވެފައިވަނަމަ އަހަރަކަށް                          01 ޕޮއިންޓް

(މިގޮތަށް ގިނަވެގެން ދެވޭނީ 6 ޕޮއިންޓެވެ.)

ނޯޓް: ނަމްބަރ 01 ގައިވާ ކައިވެނި ރޫޅިފައިވާކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާންކުރުމުގެ ކުރިން ކައިވެނި ރޫޅިފައިވާ ނަމައެވެ.

 

2.2  އުމުރުގެ ބައި:

(ހ) އުމުރުން 18 –35 އަހަރާ ދެމެދު ނަމަ                                   05 ޕޮއިންޓް

(ށ) އުމުރުން 35 އަހަރުން މަތި ނަމަ                                      05 ޕޮއިންޓް

 

3.1  ދަރިންގެ ބައި:

(ހ) 18 އަހަރުން ދަށުގެ ދަރިން ތިބިނަމަ                                  05 ޕޮއިންޓް

(ށ) 18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިންތިބިނަމަ ކޮންމެ ކުއްޖަކަށް             04 ޕޮއިންޓް

(މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓް)

(ނ) ދާއިމީގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ ކުދިން ތިބިނަމަ           03 ޕޮއިންޓް

(ރ) ދާއިމީގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ 1 ކުއްޖަކަށްވުރެ           04 ޕޮއިންޓް

ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން ދެވޭނީ 08 ޕޮއިންޓް)

 

3.2  މައިންބަފައިންގެ ބައި:

(ހ) މަންމަ ބަލަމުންގެންދާނަމަ                                         03 ޕޮއިންޓް

(ށ) ބައްޕަ ބަލަމުންގެންދާނަމަ                                         03 ޕޮއިންޓް

(ނ) މައިންބަފައިންނާއި ދަރިންފިޔަވައި ޝަރިޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންދާނަމަ         03 ޕޮއިންޓް

(މިބައިން ޕޮއިންޓް ދެވޭނީ މައިންބަފައިންނާ، މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން

ބަލަންޖެހިފައިވާ މީހަކުގެ ގޯއްޗެއް ނެތި އެމީހުން ކައިރީގަ ބަހައްޓައިގެން ބަލަމުންގެންދާނަމައެވެ.)

 

3.3  ރައްވެހިކަމުގެ ބައި:

(ހ) ރަށުގެ ރަށްވެއްސެއް ނަމަ                                          20 ޕޮއިންޓް

(ށ) ރަށުގައި ދިރިއުޅޭ ނަމަ                                            10 ޕޮއިންޓް

(ނ) ރަށްވެހިވެފައިވާތާ  5 އަހަރު ވެފައިވާ ނަމަ                                 15 ޕޮއިންޓް

(ރ) ރަށްވެހިވެފައިވާތާ 5 އަހަރުވެފައިނުވާ ނަމަ އަހަރަކަށް                             01 ޕޮއިންޓް

 

3.4  ބިންވެރިކަމުގެ ބައި

(ހ) އަމިއްލަ ނަމުގައި ގޯއްޗެއް ނެތްނަމަ                                       10 ޕޮއިންޓް

(ށ) ގޯއްޗަށް އެދޭމީހާގެ (އަނބިމީހާ/ފިރިމީހާ)ގެ ނަމުގައި ބަންޑާރަގޯއްޗެއް  ނުވަތައަމިއްލަ             30 ޕޮއިންޓު        

ގޯއްޗެއް ލިބިފައިވާ ނުވާނަމަ ނުވަތަ ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަގޯއްޗެއްގައިވާ

ނުއުފުލޭމުދަލުން ލިބިގެން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ގޯއްޗަކުން ލިބިފައިވާ ނުވާނަމަ

(ނ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަ / މަންމަގެ ނަމުގައި ގޯއްޗެއް އޮވެފައި އެގޯތިން ދަރިއަކަށްޖެހޭ       10 ޕޮއިންޓް

އަކަފޫޓް 600 އަކަފޫޓަށްވުރެ ކުޑަނަމަ

3.5  ޕޮއިންޓު އުނިކުރުން

(ހ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި ހުރި         -10ޕޮއިންޓު

ހަމައެކަނި ދަރިޔަކީ ގޯއްޗަށް ކުރިމަތިލާ މީހާކަމުގައިވާނަމަ

(ށ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި ހުރި        -10ޕޮއިންޓު

ހަމައެކަނި ދަރިޔަކީ ގޯއްޗަށް ކުރިމަތިލާ މީހާކަމުގައިވާނަމަ

 (ނ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަ / މަންމަގެ ނަމުގައި ގޯއްޗެއް އޮވެފައި އެގޯތިން ދަރިއަކަށްޖެހޭ      10- ޕޮއިންޓް

އަކަފޫޓް 600 އަކަފޫޓަށްވުރެ ބޮޑުނަމަ

(ނ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަ / މަންމަގެ ނަމުގައި ގޯއްޗެއް އޮވެފައި އެގޯތިން ދަރިއަކަށްޖެހޭ       5- ޕޮއިންޓް

އަކަފޫޓް 600 އަކަފޫޓަށްވުރެ ކުޑަނަމަ            

(ބ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަ / މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއް ގޯއްޗަށް ވުރެ     10-ޕޮއިންޓު

 ގިނަ ގޯތި އޮތްނަމަ

(ކ) ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަގޯއްޗެއްލިބި އެއްވެސް ފަރާތަކަށް ދޫކޮށްލާ ނުވަތަ              50-ޕޮއިންޓު

ވިއްކާފައިވާނަމަ.

(ވ) ގޯއްޗަށް އެދޭމީހާގެ (އަނބިމީހާ/ފިރިމީހާ)ގެ ނަމުގައި ބަންޑާރަގޯއްޗެއް  ނުވަތައަމިއްލަ               25-ޕޮއިންޓު

ގޯއްޗެއް ލިބިފައިވާނަމަ ނުވަތަ ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަގޯއްޗެއްގައިވާ

ނުއުފުލޭމުދަލުން ލިބިގެން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ގޯއްޗަކުން ލިބިފައިވާނަމަ.

 

އިތުރު ތަފްސީލް:

  • ނަމްބަރު 1.1 ގައިވާ ކައިވެނި ރޫޅިފައިވާކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާނުކުރުމުގެ ކުރިން ކައިވެނި ރޫޅިފައި ވާނަމައެވެ. ކައިވެނީގެ މުއްދަތަށް ޕޮއިންޓް ދެވޭނީ، ގޯއްޗަށް އެދި ހަށަހަޅާފަރާތުން  ހުށަހަޅާފައިވާ ކައިވެނީގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ. ނަންބަރު 1.1 ގެ (ނ) ގައިވާ ކައިވެނީގެ މުއްދަތަށް ޕޮއިންޓް ދިނުމުގައި ބަލާނީ ކައިވެނި ކުރިތާ ވީ މުއްދަތަށެވެ. މިގޮތުން ޕޮއިންޓްދޭއިރު ވަރިވިނަމަވެސް ކައިވެނި ރުޖޫޢަކޮށްފައިވާނަމަ އަހަރު ގުނާނީ ފުރަތަމަ އެމީހާއާއި ކައިވެނި ކުރި ދުވަހުން ފެށިގެންނެވެ.
  • ނަމްބަރު 2.2 ގައިވާ އުމުރުގެ ބައި ބަލާނީ ގޯތި ދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޙާ ހަމައަށެވެ. އަދި މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ އެފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީއަށް ބަލައިގެންނެވެ.
  • ނަމްބަރު 3.1 ގެ (ށ) ގައިވާ ދަރިންގެ އަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައިވިޔަސް ދެވޭނީ ޖުމްލަ 16 ޕޮއިންޓެވެ. މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާ ދަރިންގެ އުފަންދުވަސް ސެޓްފިކެޓްތަކުގެ ކޮޕީއެއް ބަލައިގެންނެވެ. އަދި 3.1 ގެ (ނ،ރ) ގައިވާ ދާއިމީ ގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންނަށް ޕޮއިންޓް ދެވޭނީ، އެކުދިންގެ އުފަންދުވަސް ސެޓްފިކެޓް އިތުރުން އެކުދިންނަކީ ޚާއްސަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންކަން އަންގައިދެ ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުންނެވެ.
  • ނަމްބަރު 3.2 (ހ، ށ) ގައިވާ މައިންބަފައިން ބަލަމުންގެންދާތީ ލިބޭޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމައެވެ. އަދި މި ބައިގެ މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާނަމަ، ޕޮއިންޓްލިބޭނީ މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާކަމުގެ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާނަމައެވެ.
  • ނަމްބަރު 3.2 ގެ (ނ) ގައިވާ ފަދަ ޝަރުޢީ ގޮތން ބަލަންޖެހޭ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ އެ މީހަކީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭފަދަ މީހަކަށްވެފައި އެ މީހެއްގެ ގޯއްޗެއް ނެތި އެމީހުން ކައިރީގަ ބަހައްޓައިގެން ބަލަމުންގެންދާނަމައެވެ. އަދި ޝަރުޢީ ގޮތުން ބަލަންޖެހޭ އެހެން މީހެއް ބަލަމުން ގެންދާނަމަ، ޕޮއިންޓްލިބޭނީ އެފަރާތެއް ބަލަމުންގެންދާކަމުގެ ޝަރުޢީ ލިޔުމެއް ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާނަމައެވެ.
  • ނަމްބަރު 3.3 ގެ (ހ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތަކީ، ފެށުނީއްސުރެން ތުލުސްދޫ ގައި ރަށްވެއްސެއްގެ ގޮތުގައި ވާ ފަރާތްތަކެވެ.
  • ނަންބަރު 3.3 (ށ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން އެރަށުގައި ދިރިއުޅޭ ފަރާތްތަކަށެވެ. ރަށުން ބޭރުގައި ދިރިއުޅެމުންދަނީ، ކިޔެވުމަށް ނުވަތަ ބޭސްފަރުވާގެ ބޭނުމަށް 6 މަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ކަމަށްވާނަމަ، އެކަން ސާބިތުކުރުމަށް ބޭސްފަރުވާގެ ލިޔުމުގެ ކޮޕީ ނުވަތަ ތަޢުލީމީ ލިޔުމުގެ ކޮޕީ ނުވަތަ ވަޒީފާގެ ލިޔުމުގެ ކޮޕީ ހުށަހަޅާފައި ވާނަމައެވެ. 06 މަސް ދުވަހަށްވުރެ ކުރު މުއްދަތަކަށް ރަށުން ބޭރުގައި ދިރިއުޅުނު ނަމަވެސް އެއީ ރަށުން ބޭރުގައި ދިރިއުޅެމުންދާ ފަރާތެއްގެ ގޮތުގައި ނުބެލެވޭނެއެވެ.
  • ނަންބަރު 3.3 (ނ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް ކ.ތުލުސްދޫއަށް ރަށްވެހިވެފައިވާތާ 5 އަހަރުވެފައިވާ ފަރާތްތަކަށެވެ.
  • ނަންބަރު 3.3 (ރ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް ކ.ތުލުސްދޫއަށް ރަށްވެހިވެފައިވާތާ 1 އަހަރުވެފައިވާ ފަރާތްތަކަށެވެ. މިގޮތަށް ގިނަވެގެން ދެވޭނީ 04 ޕޮއިންޓެވެ.
  • ގޯއްޗަށް އެދިފައިވާ ފަރާތަށް 600 އަކަފޫޓަށްވުރެ ބޮޑުގޯއްޗެއް ލިބި އެ ގޯތި ދަޢުލަތަށް ދޫކޮށްލުމަށް އެއްބަސްވާނަމަ، އެކަމައިގުޅޭ އެންމެހައި ލިޔެކިޔުންތަށް ހުށަހަޅަންވާނެއެވެ.
  • ނަންބަރު 3.4 (ނ،ރ) ގައިވާ ޕޮއިންޓް ކެނޑުމުގައި މަންމަ އަދި ބައްޕަގެ ނަމުގައި ވަކި ދެގޯއްޗެއް އޮތްނަމަ ކޮންމެ ގޯއްޗެއްވެސް ކުދިންގެ މެދުގައި ބެހުމުގައި އެއީ ބަކިދެގޯތިކަމަށް ބަލާނެއެވެ.

       ގޯއްޗަށް އެދި ފޯމްހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯއްޗެއް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޙާ ހަމައަށެވެ.

ގޯތިލިބޭގޮތް:

  • ގޯތިލިބެންޖެހޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ގިނަ ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
  • ގޯތި ލިބޭ މީހުން ކަނޑައަޅާނީ، ކޮންމެ ދެމަފިރިއަކަށް ދެގޯތި ނުލިބޭނެ އުޞޫލުން ދެފަރާތުން އެއްބަސްވެވޭގޮތެއްގެ މަތިން ނުވަތަ ގުރުއަތުލައިގެންނެވެ.

ގޯތި ލިބޭނީ މަދުވެގެން 70 ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

          ވީމާ، ދިރިއުޅުމަށްޓަކައި މިރަށުން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން މި އިދާރާއިން ދޫކުރާ ފޯމް ( ފޯމްގެ ވެރިފަރާތުގެ އައިޑީ ކާޑް ގެންނެވުމުން ދޫކުރާފޯމް) ނުވަތަ މިއިޢުލާނާއެކުގައިވާ  ފޯމް ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުމަށް އެދެމެވެ.

ފޯމް ދޫކޮށް ބަލައިގަންނަ ގަޑިތައް

ފޯމް ދޫކުރުން

 24 އޮކްޓޯބަރ 2019 އިން 24 ނޮވެމްބަރ 2019 ގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން 10:30 ގެ ނިޔަލަށެވެ.

ފޯމް ބަލައިގަތުން

24 އޮކްޓޯބަރ 2019 އިން 24 ނޮވެމްބަރ 2019 ގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 11:30 އިން ފެށިގެން 13:00 ގެ ނިޔަލަށެވެ. މުއްދަތު ހަމަވުމަށްފަހު އެއްވެސް ފޯމެއް ބަލައެއްނުގަނެވޭނެއެވެ.

  • ނޯޓް: މިޢިއުލާންގެ މުއްދަތު ހަމަވުމާއި ހަމައަށް ކަމެއް ފާހަގަކުރެވިއްޖެނަމަ، ޕޮއިންޓްދޭ އުޞޫލަށް ބަދަލުގެނައުމުގެ އިޚްތިޔާރު ތުލުސްދޫ ކައުންސިލަށް ލިބިގެންވެއެވެ.

 

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

23 އޮކްޓޫބަރު 2019
ހޯދާ