ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤައުމީދުވަސް ފާހަގަ ކުރުމާގުޅޭ

                               1441 ވަނަ އަހަރު ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރަށުގެ މުއައްސަސާތަކާއި އަދި އާއްމުނަށް ހުޅުވާލައިގެން ޤައުމީ ލަވަ ކިޔުމުގެ މުބާރާތެއް ބޭއްވުމަށްވަނީ ނިންމާފައެވެ.އެގޮތުން ރަށުގެ ކޮންމެ މުއައްސަސާއަކުން ގްރޫޕް ހުށަހެޅުމެއް އަދި އާއްމުންގެ ބޭފުޅުންނަށް ވަކިވަކި ލަވަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން 24 އޮކްޓޯބަރ 2019 ވަނަ ދުވަހު 12:00އާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ.މުބާރާތުގައި ބައިވެރިވުމަށް  ބޭނުންވާ ފަރާތްތަކަން ފޯމް ދޫކުރުމާއި ބަލައިގަތުން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އަށް ވަންދޫ ކައުންސިލް އިދާރާގައި ކުރިއަށްދާނެއެވެ.މިއިޢުލާނާ ގުޅިގެން އިތުރު މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ މިއިދާރާގެ ނަމްބަރު 6780041 ނުވަތަ 7677117 ނަމްބަރާ ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

                        ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

22 އޮކްޓޫބަރު 2019
ހޯދާ