ދިވެހިރާއްޖެ
ބޮޑުގުދަނުގެ ފުރަގަހުގަ އޮންނަ 24,692 އަކަ ފޫޓްގެ ބިން ކުއްޔަށް ދިނުމާބެހޭ.
މިރަށުޖެޓީކައިރީގައި ހުރި ބޮޑުގުދަނުގެ ފުރަގަހުގަ އޮންނަ 24692 އަކަފޫޓްގެބިން 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްޓަކައި ކުއްޔަށް ދިނުމަށްޓަކައި މިއިދާރާއިން ކުރެވުނު (IUL)333/333/2019/16 ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިއުލާން ބާތިލްކޮށް އެބިން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ. މިބިމާ،ބެހޭގޮތުން މަޢްލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2019 އޮކްޓޯބަރ 31 ވާ ބުރާސްފަތި ދުވަހުގެ މެންފަހު 1:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކުއްޔަށް ހިފުމަށް އެދި ހުށަހަޅުއްވާ އެސްޓިމޭޓްތައް ކެނޑުންއޮންނާނީ ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި 2019 ނޮވެމްބަރ 06 ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:30 ގައި މިއިދާރާގެ ޖަލްސާކުރާމާލަމުގައެވެ.ބިންކުއްޔަށް ހިފަންބޭނުންފުޅުވާ ފަރާތަށް ޙާޟިރު ނުލެއްވޭނަމަ އެފަރާތުގެ ލިޔުމަކާއިއެކު ބަދަލުގައި މީހަކު ފޮނުއްވިދާނެއެވެ.
މި ގޮތުން ހުށަހެޅޭނެ އެންމެދަށް އަގަކީ މަހަކު -/17,285ރ.(ސަތާރަހާސް ދުއިސައްތަ އަށްޑިހަ ފަސްރުފިޔާ)އެވެ. ސިޓީއުރައިގެ ބޭރުގައި" ބޮޑުގުދަނުގެފުރަގަހުގަ އޮންނަބިން ކުއްޔަށްހިފުމަށް އެދި" މިހެންލިޔުއްވަންވާނެއެވެ. ކުންފުންޏަކުން އެދިލައްވާނަމަ ކުންފުނީގެ ރަޖިސްޓަރީ ކޮޕީއާއި ޖީއެސްޓީ ރަޖިސްޓަރީ ކޮޕީ އަމިއްލަ ފަރާތަކުންނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް އެސްޓިމޭޓާއިއެކުއެކު ހުށަހަޅުއްވަންވާނެއެވެ.
ބިން ކުއްޔަށް ދޫކުރެވޭނީ ސިޓީ ހުށަހަޅާފަރާތްތަކުގެ ތެރެއިން އެންމެބޮޑު ކުއްޔެއް އަދި އެންމެ ރަގަޅުހުށަހެޅުމެއް ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތަކަށެވެ.
އިތުރުމަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6640183 ނަމްބަރ ފޯނާއެވެ.
ބިމުގެ އޭރިޔާއަކީ 24692 (ސައުވިސްހާސް ހަސަތޭކަ ނުވަދިހަ ދޭއް) އަކަފޫޓެވެ.
ހުށަހެޅޭނެ އެންމެދަށްއަގު -/17,285ރ (ސަތާރަހާސް ދުއިސައްތަ އަށްޑިހަ ފަސްރުފިޔާ)
މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 ޞަފަރު 1441 ހ.
22 އޮކްޓޯބަރ 2019މ.
އަޙްމަދު އަނީސް
ތުލުސްދޫކައުންސިލްގެ ރައީސް