ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ތަރުޖަމާނުން ބޭނުން ވެއްޖެ

އިޢުލާން

 ތަރުޖަމާނުން ބޭނުން ވެއްޖެ.

މިކޯޓަށް ހުށަހެޅެމުންދާ ބިދޭސީންގެ މައްސަލަތައް ހިންގުމަށްޓަކައި ތިރީގައި މިދަންނަވާ ބަސް ދަންނަ ފަރާތެއް ބޭނުން ވެއްޖެއެވެ.

1 ޗައިނާ ބަސް ދިވެހިބަހުން ރަނގަޅަށް ތަރުޖަމާ ކުރަން އެނގުން

2 ބަންގްލަދޭޝް ބަސް ދިވެހިބަހުން ރަނގަޅަށް ތަރުޖަމާ ކުރަން އެނގުން.

މިކަމަށް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ކަނޑައެޅިފައިވާ ފައިސާ ލިބޭނެވާހަކަވެސް ދެންނެވީމެވެ.

އުޖޫރަ: ގަޑިއަކަށް 400.00 (ހަތަރުސަތޭކަ ރުފިޔާ)

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 އޮކްޓޯބަރ 2019 ގެ 13.30 ގެ ކުރިން ސިޓީއަކުން މިކޯޓަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ސިޓީ އާއެކު ތިރީގައި މިދަންނަވާ ތަކެތި ހުށަހެޅުއްވުން އެދެމެވެ.

1 އައިޑީ ކާޑް ކޮޕީ

2 ބަސް ދަންނަ ކަމުގެ ލިޔުން

 

އިތުރު މަޢުލޫމާތު ހޯދުމަށް މި ކޯޓްގެ ނަމްބަރ 3350577 އަށް ގުޅުއްވުން އެދެމެވެ.

23 އޮކްޓޫބަރު 2019
ހޯދާ