މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނ.މަނަދޫ ހިތްފަސޭހަގެ ހުރި ބިން ސާފުކުރުމާއި ގުޅޭ
ނ. މަނަދޫ ހިތްފަސޭހަ ގެ ހުރި ބިންސާފުކޮށްދެއްވައި، އެގެއާއި ދިމާލުން މިކައުންސިލް އިދާރާއިގެ އިންފާރު އަމިއްލަ ތަކެތީގައި ރާނައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)228-DG/228/2019/28 އިޢުލާނާއި ގުޅިގެން ދެވުނު މަޢުލޫމާތައް ބަދަލުގެންނަން ބޭނުންވާތީވެ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 30 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.
22 އޮކްޓޫބަރު 2019
ހޯދާ