ދިވެހިރާއްޖެ
މި މިނިސްޓްރީން 2020ވަނަ އަހަރަށް ތައްޔާރުކުރާ ބަޖެޓް ފޮތްތައް ޕްރިންޓްކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)13-E/13/2019/286 (16 އޮކްޓޫބަރު 2019) އިޢުލާނާ ގުޅިގެން އެއްވެސްފަރާތަކުން ބިޑު ހުށަހަޅާފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.
ޕްރީ-ބިޑް މީޓިން: 24 އޮކްޓޯބަރ 2019، 11:00 އަށް
އަންދާސީ ހިސާބު ހުށަހެޅުން: 28 އޮކްޓޯބަރ 2019، 11:00 އަށް
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ ޕްރީ-ބިޑް މީޓިންގައެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.