ދިވެހިރާއްޖެ
އިޢުލާން
ހިރިލަންދޫ ޒުވާނުންގެ ޖަމްއިއްޔާގެ މެންބަރުކަމަށް އެދުމުގެ މުއްދަތު އިތުރުކުރުން
މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް ގެ ނަންބަރ 141-CE/389/2019/8(22/09/2019) ސިޓީއާއި ގުޅިގެން ކޮޅުމަޑުލު ހިރިލަންދޫ ޒުވާނުންގެ ޖަމްޢިއްޔާގެ މެންބަރުކަމަށްއެދުމަށް ފުރުޞަތު ހުޅުވާލައި ކުރި ނަންބަރ (IUL)389/389/2019/39އިޢުލާނުގެ މުއްދަތު ހަމަވިއިރު ގިނަފަރާތްތަކަކުން އިތުރު ފުރުޞަތެއް ދިނުމަށް އެދެމުންދާތީހިރިލަންދޫ ޒުވާނުންގެ ޖަމްޢިއްޔާގެ މެންބަރަކަށްވުމަށް އެދިލައްވާފަރާތްތަކުން ހިރިލަންދޫ ކައުންސިލްގެ އިދާރާއިން ދޫކުރާ މެންބަރުކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 25 ނޮވެންބަރ 2019 ދުވަހުގެ 2.00 ގެކުރިން ހިރިލަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް އިތުރުފުރުޞަތު ހުޅުވާލައިފީމެވެ.
އަދި ހިރިލަންދޫ ޒުވާނުންގެ ޖަމްޢިއްޔާގެ މެންބަރަކަށްވުމަށް މިއިދާރާއިން ކުރި އިއުލާންތަކާގުޅިގެން ފޯމްހުށަހެޅުއްވި ފަރާތްތަކާއި، އަދި މި އިޢުލާނާގުޅިގެން ފޯމް ހުށަހަޅުއްވާ ފަރާތްތަކަށް މި ޖަމްޢިއްޔާގެ ހިންގާކޮމެޓީގެ މެންބަރުކަމަށް އެދުމުގެ ފުރުޞަތު ހަމަ މިމުއްދަތުގައި ހުޅުވާލަމެވެ.
ވީމާ، މި އިޢުލާނާގުޅިގެން ފޯމް ހުށަހަޅުއްވާ ފަރާތްތަކާއި، ކުރިން މިއިދާރާއަށް ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ހިރިލަންދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ހިންގާކޮމެޓީގެ މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން އެބޭފުޅަކު އެދިލައްވާ މަޤާމް އެނގޭގޮތަށް ސިޓީއަކުން މި އިޢުލާނުގެ މުއްދަތުގެތެރޭގައި ހިރިލަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ހިންގާކޮމެޓީގެ މަޤާމްތަކަކީ
- · ރައީސް
- · ނާއިބްރައީސް
- · ސެކްރެޓަރި ޖެނެރަލް
- · ޓްރެޜަރަރ
- · ޗީފް އެގްޒެކެޓިވް އޮފިސަރ
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
23 ޞަފަރު 1441
22 އޮކްޓޫބަރ 2019