މަދުރަސަތުއްސުލްޠާން މުޙަންމަދު/ގއ.ދެއްވަދޫ
ދިވެހިރާއްޖެ
ކުދި މަސައްކަތްކޮށްދޭ ފަރާތްތައް ރަޖިސްޓްރީ ކުރުން

ނަންބަރު: GS200/IUL/2019/10

 

ކުދި މަސައްކަތްކޮށްދޭ ފަރާތްތައް ރަޖިސްޓްރީ ކުރުން

 

1. 2020 ވަނަ އަހަރު ސްކޫލް ހުޅުވަންވާއިރަށް އަދި އެ އަހަރުތެރޭގައި ، މި މަދުރަސާގައި ކުރަންޖެހޭ 35000.00ރ ( ތިރީސް ފަސްހާސް ރުފިޔާ ) އިން ދަށުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަދުރަސާގައި ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުޅުވާލަމެވެ.

2. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމަށް، ފޯމް ދޫކުރާނީ  2019 އޮކްޓޯބަރ 27 އިން 2019 އޮކްޓޯބަރ 31 އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 12:30 ށެވެ.

3. ފޯމް ބަލައި ގަންނާނީ   2019 އޮކްޓޯބަރ 28 އިން 2019 ނޮވެމްބަރ 05 އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 12:30 ށެވެ.

4. މި އިޢުލާނުގައިވާ މަސައްކަތްތަކަށް ދަޢުވަތު ދެވޭނީ ކަޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ސްކޫލުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. 

5. މި މަސައްކަތާއި ބެހޭގޮތުން އިތުރަށް ކަމެއް ސާފުކުރަށް ބޭނުންނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ސްލްޠާން މުޙައްމަދު ސްކޫލް

ގއ. ދެއްވަދޫ

ފޯން: 7983076   / 9830773

އީ-މެއިލް: [email protected]

           

23 ޞަފަރު  1441

22 އޮކްޓޯބަރ 2019

22 އޮކްޓޫބަރު 2019
ހޯދާ