ދިވެހިރާއްޖެ
އިންޑިއާގެ ކަލްކަތާގައި މިއަންނަ ނޮވެމްބަރުމަހުގެ 05 އިން 08 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ސައިންސް އެންޑް އެންވަޔަރަމަންޓް ފިލްމްސް ސްކްރީނިންގ އިން އިންޓަރނޭޝަނަލް ސައިންސް ފިލްމް ފެސްޓިވަލް" ގައި ރާއްޖޭގެ 02 ނުވަތަ 04 ފިލްމެއް ބައިވެރިކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. މި ފެސްޓިވަލްގައި ބައިވެރިކުރަން ހަމަޖެހިފައިވަނީ ޓެކްނޮލޮޖީ، އެންވަޔަރަމަންޓް، ހެލްތު އަދި ނޭޗަރ ނުވަތަ ރާއްޖޭގެ ކޮންމެވެސް ކަމަކާގުޅޭ ތީމްއަކަށް ހަދާފައިވާ ޑޮކިއުމެންޓްރީ ނުވަތަ ކުރު ފިލްމުތަކެވެ.
ވީމާ، މިފެސްޓިވަލްގައި ރާއްޖޭގެ ފިލްމެއް ބައިވެރި ކުރައްވަން ގަސްތުކުރައްވާނަމަ ފިލްމު ނުވަތަ ޑޮކިއުމެންޓްރީގެ މައުލޫމާތު، ޑައިރެކްޓަރގެ ނަން، އީމެއިލް އެޑްރެސް އަދި ކުންފުނީގެ ނަން ތިރީގައި ދެންނެވިފައިވާ ފަރާތަށް މެއިލްކޮށްދެއްވުން އެދި ދެންނެވީމެވެ.
Mr. Nimish Kapoor
Scientist “E”
Convennor, ISFF 2019 – Kolkata
Vigyan Prasar
(Department of Science and Technology, Govt. of India)
Plot Number A 50, Sector 62, Noida-201309, India
Email ID: [email protected] / [email protected]