މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުވެރި މަގާމަށް 2 މީހަކު ހޯދުމަށް

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތުލުސްދޫ ފެރީ ތަރިކަ 2ކަށް ފަޅުވެރިއެއްގެ މަގާމަށް 02 މީހުން ބޭނުންވެއްޖެއެވެ.  

 

މަގާމު

ފަޅުވެރި

މުސާރަ

-/3100 ރުފިޔާ

އެލަވަންސް

ސަރވިސް އެލަވަންސް -/1000 ރުފިޔާ

ދަތުރު އެލަވަންސްގެ ގޮތުގައި ދަތުރުދާ ކޮންމެ ދުވަހަކު -/80ރުފިޔާ ދެވޭނެ

ކޮއްތު އެލަވަންސްގެ ގޮތުގައި ދަތުރުދާ ކޮންމެ ދުވަހަކަށް -/120 ރުފިޔާ ދެވޭނެ

ކުލީ ދަތުރެއް ކުރާނަމަ، އެދަތުރަކަށް އެލަވަންސެއްގެ ގޮތުގައި -/120ރުފިޔާ ދެވޭނެ

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަސްތަކުގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ ފައިސާ ދެވޭނެއެވެ. 

ވަޒީފާ އަދާކުރަންޖެހޭ ރަށް

ކ.ތުލުސްދޫ

ބޭނުންވާ އަދަދު

02 (ދޭއް)

ޝަރުތު

1-      ސާނަވީ ތަޢުލީމުގެ ފެންވަރު ހުރުމާއިއެކު މަޤާމާއި ގުޅުންހުރި ދާއިރާއެއްގައި ދެއަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2-      ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.

3-      ކަނޑު ދަތުރުފަތުރާއި ގުޅުންހުރި ޤާނޫނާއި ޤަވައިދުތަކަށް އަހުލުވެރި ފަރާތެއްކަމުގައިވުން.

4-      ފުރާދުއްވާ އުޅަނދުފަހަރުގެ ސެކިއުރިޓީ އަދި ސޭފްޓީއަށް އަޙްލުވެރިފަރާތެއްކަމުގައިވުން.

5-      އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.

6-      ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.

7-      ގިނަވަގުތު މަސައްކަތްކުރެވޭނެ އަދި ރަށުންބޭރުގައި މަސައްކަތްކުރެވޭނެ ފަދަ މީހެއްކަމުގައިވުން.

8-      މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1-      ކައުންސިލުން ޝެޑިއުލްކޮށް ކުރަންޖެހޭ އެންމެހައި ދަތުރުތައް ކުރުމާއި، ބަޔަކު ކުއްޔަށް ދޯނިނަގައިފިނަމަ، އެދަތުރެއް ކުރުން.

2-      އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި މަރާމާތުކުރުމުގެ ކުރިން އުޅަނދަށް ލިބިފައިވާ ގެއްލުން ރިޕޯޓްކުރުމާއި އަދި މަރާމާތައް ބޭނުންވާ ހުއްދަ ހޯދައި އަދި މިފަދަ މަސައްކަތްތައް ކެޕްޓަނުގެ ލަފާގެމަތިން ކުރުން.

3-      ދަތުރުމަތީގަޔާއި އަދި ފަޅުގައި އޮންނަ ވަގުތުތަކުގައި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށް އުޅަނދު ސާފުކޮށް ބެހެއްޓުން.

4-      ދަތުރުފަތުރު ކުރުމުގަޔާއި އަދި ފަޅުގައި އޮންނަ ވަގުތުތަކުގައި އުޅަނދަށް ލިބޭ ގެއްލުންތައް ބެލުމާއި އަދި އެކަންތައްތައް އުޅަނދުގެ ކެޕްޓަނަށް ރިޕޯޓްކުރުން.

5-      އުޅަނދަށް ބޭނުންވާ ތެލާއި އެހެނިހެން ވަސީލަތްތައް ހޯދުމުގައްޔާއި އަދި އުޅަނދުގެ ސްޓޮކް ބެލެހެއްޓުމުގައި ކެޕްޓަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

6-      އުޅަނދުގައި ހުންނަން ލާޒިމްކުރާ ސޭފްޓީ އަދި ސެކިއުރިޓީ ވަސީލަތްތައް، ދަތުރުގެކުރިން ހަމަޔަށް ހުރިތޯ ޔަގީންކޮށް މައްސަލައެއް އުޅޭނަމަ، ކެޕްޓަނަށް ރިޕޯޓްކުރުން.

7-       ރާއްޖޭގައި ހެދިފައިވާ ކަނޑުމަތީ އުޅަނދުފަހަރު ދުއްވުމާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވައިދުތަކަށް އިޙްތިރާމްކޮށް ޢަމަލުކުރުން.

8-      ކައުންސިލުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

  • މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ
  • އިންޓަވިއު

ހުށަހަޅަން ޖެހޭތަކެތި

  • ވަޒީފާއެދި ހުށައަޅާ ފޯމް (މިކައުންސިލުން ލިބެންހުންނާނެ)
  • ވަޒީފާއަށްއެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ޕޮލިސް ރިޕޯޓް (ދޫކުރިފަހުން 03މަސް ހަމަނުވާ)
  • މަސައްކަތު ތަޖުރިބާ ދެނެގަނެ މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ހުށަހަޅުއްވާނެ ތަން.

  • 2019 ނޮވެމްބަރ 06 ވާ ބުދަދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ތުލުސްދޫ ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިންޓަރވިއު

  • އިންޓަރވިއު އޮންނާނީ 2019 ނޮވެމްބަރ 07 ވަނަ ދުވަހާއި 2019 ނޮވެމްބަރ 14ވަނަ ދުވަހާއި ދެމެދު މިއިދާރާއިން ކަނޑައަޅާ ދުވަހެއްގައެވެ. އިންޓަރވިއު ކުރުމުގެ އެއްދުވަސްކުރިން ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް އެކަން އެންގޭނެއެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 އޮކްޓޫބަރު 2019
ހޯދާ