މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ހިތާދޫގައި އަޅާ 02 ކޮޓަރީގެ އެޕާރޓްމަންޓްގެ އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

            މިއިދާރާގެ ނަންބަރު: (IUL)230-PPRM/322/2019/1 (29 ސެޕްޓެންބަރު 2019) އިޢްލާނާއި ގުޅޭގޮތުން ދަންނަވަމެވެ.

            މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫގައި 02 ކޮޓަރީގެ އެޕާރޓްމަންޓެއް، އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢްލާނުގައި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ތާރީޚަކީ 24 އޮކްޓޫބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11.00 ކަމަށް ބަޔާން ކުރެވިފައިވީ ނަމަވެސް އެމުއްދަތު ބަދަލުކޮށް، އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ މުއްދަތު އިތުރުކުރާގޮތަށް ހަމަޖައްސައިފީމެވެ. މިގޮތުން އިތުރު ކުރެވުނު މުއްދަތާއެކު 02 ކޮޓަރީގެ އެޕާރޓްމަންޓާއިގުޅޭ އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ތާރީޚަކީ، 28 އޮކްޓޫބަރ 2019 ވާ ހޯމަދުވަހުގެ 11.00 އެވެ.

                  ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢްލާން ކުރީމެވެ.

                                22 ޞަފަރު   1441

21 އޮކްޓޫބަރު 2019
ހޯދާ