ދިވެހިރާއްޖެ
އިޢުލާން
ޅ.އަތޮޅާއި ބ.އަތޮޅަށް ބޭނުންވާ މެޑިކަލް އިންސްޓްރުމެންޓްސް އަދި މެޝިނަރީސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުން ފެށިގެން 27 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަދި 28 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހު ހެނދުނުު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 28 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހު ހެނދުނުު 10:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
22 ސަފަރު 1441
