ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުން
ފ. މަގޫދޫ އިޖުތިމާޢީ މަރުކަޒުގެ އިރުމަރީ ފަރާތު ޢިމާރާތްކޮށްފައިވާ އެކޮމަޑޭޝަން ބުލޮކްގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.
ވީމާ މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި ވަށާފާރުރޭނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. އަދި މިއިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެޕޮލްމަންޓްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަންޏެވެ.
އަންދާސީ ހިސާބު ހުށައަޅާއިރު އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުމާއި، ޖީ.އެއް.ޓީ ރެޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން ހުށައަޅަން ވާނެއެވެ.
ބީލަންފޮތް ބަންދުނޫންކޮންމެ ދުވަހަކު 8:30 އިން 13:00 އަށް ފ. މަގޫދޫ ކައުންސިލްގެ އިދާރާއިން ގަންނަން ލިބިވަޑައިގަންނަވާނެވެ. ބީލަން ފޮތުގެ އަގަކީ -/100 ދިވެހި ރުފިޔާއެވެ.
ތަން |
ވަގުތު |
ދުވަސް |
ތާރީޚް |
|
ފ. މަގޫދޫ ކައުންސިލްގެ މީޓިން ރޫމް |
14:00 |
ބުދަ |
23 އޮކްޓޫބަރ 2019 |
މަޢުލޫމާތު ދިނުން |
14:00 |
އާދިއްތަ |
26 އޮކްޓޫބަރ 2019 |
ބީލަން ހުށަހެޅުން |
ވީމާ މިކަމަށްއެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވަ ތާރީޚްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދަސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި އަދި ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ދަންނަވަމެވެ. ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަށް ފުރިހަމަ ނުވާނަމަ ބީލަން ބަލައެއް ނުގަނެވޭނެވެ.
ވީމާ،މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.