މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގެ ދަށުން ރަޖިސްޓަރީ ވުމާއި ގުޅޭ

ޢިމާރާތްކުރުމުގެ ޤާނޫނު (ނަމްބަރ 4/2017) ގެ ދަށުން އެކުލަވާލައިފައިވާ "ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު" (I (2019/R-999 މާރިޗު 02 2019 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، ޢަމަލުކުރަން ވަނީ ފަށާފައެވެ. މި ގަވާއިދުގައި، އިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާގޮގެމަތިން ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރުމުގެ އެއްވެސް މަސައްކަތެއް ކުރެވޭނީ ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި މި މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް ފަހުގައިކަން ކަނޑައަޅާފައިވެއެވެ. އެހެންކަމުން މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހުއްދަދެމުންދިޔަ އިދާރަތައް މިނިސްޓްރީގައި ރަޖިސްޓަރީނުވެ، ހުއްދަ ދެވޭނެ ކަމަށް ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތު ވަނީ 02 އޮކްޓޯބަރ 2019 ގައި ހަމަވެފައެވެ.

ވީމާ، ޢިމާރާތްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކުގެ ދަށުން، ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއިން ކުރަންޖެހޭ އެއްވެސް މަސައްކަތެއް 02 އޮކްޓޯބަރ 2019 ގެ ފަހުން ކުރެވޭނީ، "ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކުރުމަށް ފަހުގައިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

18 ޞަފަރު 1441 ހ.

17 އޮކްޓޫބަރު 2019
ހޯދާ