ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. ޗެމްޕިއަންޝިޕް 2019 (އަންޑަރ 21) ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ޖަމްޢިއްޔާ ޖަމާޢަތެއް ހޯދުން

ޅ. ޗެމްޕިއަންޝިޕް 2019 (އަންޑަރ 21) ފުޓްބޯޅަ މުބާރާތް މިކައުންސިލާއި ގުޅިގެން ހިންގައިދޭނެ ޖަމްޢިއްޔާ ޖަމާޢަތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ބިޑްގައި ރަޖިސްޓްރީވުން

ބިޑްގައި ރަޖިސްޓްރީވުމަށް ބޭނުންވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން 27 އޮކްޓޯބަރ 2019 ވާ (އާދީއްތަ) ދުވަހުގެ 12:00 ގެ ކުރިން ޅ. އަތޮޅު ކައުންސިލްގެ އިދާރާއަށް ދުރުވެ ބިޑްގައި ރަޖިސްޓްރީވުމަށް ދައްކަންޖެހޭ 30ރ (ތިރީސް ރުފިޔާ) ގެ ފީ ދެއްކެވުން އެދެމެވެ.

ބިޑް ޕްރޮޕޯސަލް ހުށަހެޅުން

 

ޅ. ޗެމްޕިއަންޝިޕް 2019 (އަންޑަރ 21) ފުޓްބޯޅަ މުބާރާތް ހިންގައިދިނުމަށް އެދި ހުށަހަޅާ ބިޑް ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 31 އޮކްޓޯބަރ 2019 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލާމުގައެވެ.

މަޢުލޫމާތު ކަރުދާސް އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 28 އޮކްޓޯބަރ 2019 ވާ (ހޯމަ) ދުވަހުގެ 11:00 ގައި، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މިބައްދަލުވުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ޅ. ޗެމްޕިއަންޝިޕް 2019 (އަންޑަރ 21) ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ޖަމްޢިއްޔާއެއް ހޯދުމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި ގުޅުންހުރި ލިޔެކިޔުންތައް މިކައުންސިލްގެ ވެބްސައިޓް www.lhaviyani.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

އެޑްމިނިސްޓްރޭޝަން އެޗްއާރު އެންޑް އިންފޮރމޭޝަން ޔުނިޓް

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ޅ. ނައިފަރު، ދިވެހިރާއްޖެ،

ފޯން: 6620331 ނުވަތަ 6620118، ފެކްސް: 6620043                                                                                

އީމެއިލް: [email protected]

17 އޮކްޓޫބަރު 2019
ހޯދާ