ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބެލެނެވެރިންގެ ހިޔާ އިމާރާތް ކުރުާއި ބެހޭ

ބެލެނެވެރިންގެ ހިޔާ އިމާރާތް ކުރުމާއި ބެހޭ

         މިއިދާރައިން މިރަށުގެ ސުކޫލް ހިމެނޭ ސަރަހައްދުގައި ގާއިމްކުރަން ބޭނުންވާ ބެލެނެވެރިންގެ ހިޔާ އިމާރާތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

         ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފް ކުރުމަށްފަހު 04 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13.00 އަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހިގެން މައުލޫމާތު ސާފް ކުރަން އަންނަ ފަރާތްތަކަށް މައުލޫމާތު ސާފްކުރުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅަން އަންނަ ފަރާތްތަކަށްވެސް އެފުރުޞަތު ނުދެވޭނެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ  ކުންފުނި ތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިއަށް އިކްނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި ދަންނަވަމެވެ. މިމަސައްކަތަށް އަގު ހުށަހަޅާއިރު އަމިއްލަތަކެތީގައި މިމަސައްކަތް ކޮށް ދެއްވާނެ އަގަކާ  އަދި މިއިދާރައިން ތަކެތިދީގެން ކޮށްދެވޭނެ އަގު ވަކިން އިނގޭނެހެން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި މިދަންނަވަނީއެވެ.

         1-  ހުށަހަޅާ އަގަށް    %60

         2-  ހުށަހަޅާ މުއްދަތަށް  %20

         3-  ލިބިފައިވާ މާލީ ތަނަވަސްކަމަށް 

         4-  މިފަދަ މަސައްކަތް ކުރުމުގައި ލިބިފައިވާ ތަޖުރިބާ އާއި ގާބިލްކަމަށް

         މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

         17 އޮކްޓޯބަރ 2019   މ.

17 އޮކްޓޫބަރު 2019
ހޯދާ