މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

އިޢުލާނު

                              ނަމްބަރު:(IUL)294-A/294/2019/45                                                

ވަޒީފާގެ ފުރުޞަތު:

 މިއިދާރާގެ ބެލުމުގެ ދަށުގައިވާ މަސްޖިދިލް ރިޟްވާން ގައި މަސައްކަތް ކުރުމަށް ތިރީގައި މިދަންނަވާ  މަޤާމަށް

ވޭޖު އުޞޫލުން މަސައްކަތް ކުރާނެ މީހަކު ބޭނުންވެއްޖެއެވެ.       

މަޤާމް: މަސައްކަތު (ވަގުތީ)

މުސާރަ: -/3100 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

ރޭންކް : އެސް. އެސް 1 ( ސަޕޯޓް ސަރވިސް 1 )

ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 1

މަގާމުގެ ގިންތި: ވަގުތީ

އޮފީސް /އިދާރާ : މަނަދޫ ކައުންސިލް އިދާރާ

ޔުނިޓް: ކޯޕަރޭޓް އެފެއާރޒް

ސެކްޝަން: ޕްލޭނިންގ އެންޑް މުނިސިޕަލް ސާރވިސް

ވަޒީފާއަދާކުރަން ޖެހޭ ތަން: ނ.މަނަދޫ ކައުންސިލް އިދާރާ / ނ. މަނަދޫ މިސްކިތް

ބޭނުންވާ ޢަދަދު: 01

އެހެނިހެން ޢިނާޔަތްތައް:

މިމަޤާމުގައި ވަޒީފާއަދާ ކުރައްވާ ފަރާތްތަކަށް އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ހަމަޖެހިފައިވާ އުޞޫލުން ރަމަޟާން މަހުގެ އިނާޔަތު ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ އަސާސީ ޝަރުޠުތައް

1.ލިޔަން ކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.

 

 

މަޤާމުގެ މަސްޢޫލިއްޔަތުތައް:

 

 

 

 

  1. ކޮންމެ ނަމާދު ވަގުތެއްގެ ގަޑި ޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށް ގޮސް މިސްކިތާއި ވަޅުދޮށް  ސާފުކުރުން.                
  2. މިސްކިތް ފޮޅާ ސާފުކޮށް ވަޅުދިޔަހިއްކާ މިސްކިތާބެހޭ ހުރިހާ ކަމެއް ކުރުން.
  3. ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތެއް ރަށުގެ ވެރިން އަންގަވާ ގޮތައް ފަރުވާތެރިކަމާ އެކު ކުރުން.
  1. ފާޚާނާ އާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުން.
  2. ކޮންމެ ދުވަހަކުވެސް މިސްކިތައްގޮސް ހޮޅިބުރި ، ފަންކާ ، ކަބަޑުތައް ސާފުކުރުން. ހޮޅިބުރި ތަކާއި ފަންކާތައް ބޭނުންވާ ވަގުތުގައި ދިއްލާ ނިއްވުން.
  3. މިސްކިތްތަކަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން ރަށުކައުންސިލް އިދާރާ އަށް އަންގަމުން ގެންދިއުން.
  4. ރަށުކައުންސިލުން ހަމަޖައްސާ އުޞޫލެއްގެ މަތިން މިސްކިތު ގޯތިތެރެ ވިނަނޮޅާ ސާފުކުރުން. 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • ލިބިފައިވާ ހުނަރު

 

 

އިންޓަވިއުކުރުން:

  • ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ، ތަޖްރިބާއަށާއި ، މަސައްކަތައް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރުމުން ހޮވޭ ފަރާތްތަކާއެވެ.
  • އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
  • އިންޓަވިއު ކުރުން އޮންނާނެތަނާއި ތާރީޚް މިއިދާރާއިން އެފަރާތްތަކަށް އަންގާނެ ވާހަކަ ދަންނަވަމެވެ.

 

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ އަށެވެ.ރހ

 

 

އެޕްލިކޭޝަން އާއި އެކު ހުށަހަޅަންޖެހޭ ތަކެތި

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ފޯމް ލިބެން ހުންނާނީ ރަސްމީގަޑީގައި މިލަދުންމަޑުލުދެކުނުބުރީ މަނަދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ، އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. ( މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި ،ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ )
  4. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ

ނަންބަރާއި އީމެއިލް އެޑްރެހާއި އެކު)

 

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560029 ނަންބަރުފޯނާއެވެ. ފެކްސް ނަންބަރަކީ 6560029 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.   

16 އޮކްޓޫބަރު 2019
ހޯދާ