ދިވެހިރާއްޖެ
މިސެންޓަރުގެ ނަންބަރު (IUL)177-A1/1/2019/70 އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ. މިއިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ ދެފަރާތުން ކަމަށްވާތީ އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
މިސެންޓަރުން ބާއްވަމުން އަންނަ ފިލްމު އެވޯޑްސް މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިޙަފްލާގެ ޓްރޮފީ ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މަސައްކަތް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން) |
ބުދަ |
16 އޮކްޓޯބަރ 2019 |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން) |
ބުރާސްފަތި |
17 އޮކްޓޯބަރ 2019 |
11:00 |
ނޯޓް: އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.