މަޑުއްވަރީ ސްކޫލް/ ރ. މަޑުއްވަރީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2020 ވަނަ އަހަރު މިސްކޫލުގެ LKG އަދި UKG ށް ދަރިވަރުން ވެއްދުމާބެހޭ
އިޢުލާން
2020 ވަނަ އަހަރު މިސްކޫލުގެ LKGއަދި UKGށް ދަރިވަރުން ވެއްދުމާބެހޭ
2020 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީއަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، 31 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން "2020 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީއަށް ދަރިވަރުން ވައްދަންއެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިސްކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މިފޯމް 16 އޮކްޓޯބަރ 2019 އިން ފެށިގެން ބަންދު ނޫން ކޮންމެދުވަހެއްގެ ހެނދުނު 8:00 – 14:00 އަށް މިސްކޫލްގެ އިދާރާއިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.
2020 ވަނަ އަހަރު މިސްކޫލުގެ ފައުންޑޭޝަން ސްޓޭޖަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވާ ޢުމުރުފުރާ ތައް:
- · LKG - ޖެނުއަރީ 1 އަށް 4 އަހަރުފުރި 5 އަހަރު ނުފުރޭ ކުދިން.
- · UKG - ޖެނުއަރީ 1 އަށް 5 އަހަރުފުރި 6 އަހަރު ނުފުރޭ ކުދިން.
- · މީގެ އިތުރުން ކުލާސްތަކުގައި ޖާގަ އޮންނަ ގޮތަށްބަލައި، 2020 މާރޗް 31 ގެ ނިޔަލަށް އުމުރު ހަމަވާ ކުދިންނަށްވެސް ފުރުޞަތު ދެވިދާނެވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
15 އޮކްޓޫބަރު 2019
ހޯދާ