މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުން

                                 ނަންބަރު: IUL)321/321/2019/134)

އެގްޒަމިނަރުން ހޯދުން

 

ޓްރާންސްޕޯރޓް އޮތޯރިޓީން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ޒޯން ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މި އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތު ތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޝަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

 

އަންހެން އެގްޒަމިނަރުން

 

- ބޭނުންވާ ޢަދަދު: 02

- ޝަރްޠު:-

* ދަށްވެގެން AA1 ގިންތީގެ ލައިސަންސް އޮތުން

* ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީކުށެއް ކޮށްފައިވާ މީހަކުކަމުގައި ނުވުން

* ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯރމް

* ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 03 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން

* ޢުމުރުން 55 އަހަރުވެފައިވާ މީހަކުކަމުގައި ނުވުން

* ޓްރާންސްޕޯރޓް އޮތޯރިޓީގައި ވަޒީފާއަދާކުރާ މީހަކުކަމުގައި ނުވުން

* ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހަކު ކަމުގައި ނުވުމާއި ވޭތުވެދިޔަ 01 އަހަރު ދުވަހުގެތެރޭގައި ޑްރައިވިންގ ސްކޫލެއއްގައި މަސައްކަތް ކޮށްފައި ނުވުން

 

ފިރިހެން އެގްޒަމިނަރުން

 

- ބޭނުންވާ ޢަދަދު: 02

- ޝަރްޠު:-

* ދަށްވެގެން AA1, B1B2, C1C2,C3C4 ގިންތީގެ ލައިސަންސް އޮތުން

* ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީކުށެއް ކޮށްފައިވާ މީހަކުކަމުގައި ނުވުން

* 03 މަސް ހަމަނުވާ ޕޮލިސް ރިޕޯޓް.

* ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 05 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން

* ޢުމުރުން 55 އަހަރުވެފައިވާ މީހަކުކަމުގައި ނުވުމާއި ރަގަޅު ޞިއްޙަތެއްގައި ހުރުން

* ޓްރާންސްޕޯރޓް އޮތޯރިޓީގައި ވަޒީފާއަދާކުރާ މީހަކުކަމުގައި ނުވުން

* ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހަކު ކަމުގައި ނުވުމާއި ވޭތުވެދިޔަ 01 އަހަރު ދުވަހުގެތެރޭގައި ޑްރައިވިންގ ސްކޫލެއއްގައި މަސައްކަތް ކޮށްފައި ނުވުން

 

- އުޖޫރަ: ޓެސްޓް ކުރާ ކޮންމެ A,A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ

އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ 

 

އެގަޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާފަރާތްތަކުން 28 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ވަނައވަރާއެކު ސިޓީއަކުން ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. 

 

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

16   ޞަފަރު  1440

15 އޮކްޓޫބަރު 2019
ހޯދާ