އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭ.ވީ.އެސް ޓްރެއިނީ މަޤާމުގެ އިއުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޭ.ވީ.އެސް ޓްރެއިނީ

މަޤާމުގެ ނަންބަރު:

J-316907, J-316906, J-316905, J-316904, J-316903, J-272794, J-272793, J-272792, J-272791, J-272901, J-272902, J-272903,J-272349, J-273041, J-273089, J-304213, J-304212, J-304211, J-304209, J-272544, J-272545, J-272546, J-272547, J-272548, J-272549, J-272550, J-272551, J-272552

ބޭނުންވާ އަދަދު:

އަންހެން- 16

ފިރިހެން- 12

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސީ.އެސް-2

މަޤާމުގެ ކްލެސިފިކޭޝަން:

އޭވިއޭޝަން ސެކިއުރިޓީ އޮފިސަރސް އެންޑް ގާރޑްސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދަށުން ސެކިއުރިޓީ ބަލަހައްޓަމުން ގެންދާ ކޮންމެ އެއަރޕޯރޓެއްގައިވެސް މަސައްކަތް ކުރަން ޖެހިދާނެއެވެ.

މުސާރަ:

މަހަކު -/5920 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1500ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ކޮއްތު ފައިސާ -/60ރ (ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް)
  2. ސްޕެޝިއަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35 (ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް)
  3. ފޯނު އެލަވަންސްގެ ގޮތުގައި މަހަކު -/150ރ
  4. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  6. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާއަށް ވަނުމާވިދިގެން އަންނަ ޕްރޮބޭޝަނަރީ 3 މަސްދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ބޭސިކްކޯސް ފުރިހަމަކުރުން.
  2. ޑިއުޓީ ސްޕަވައިޒަރ، ޝިފްޓް އިންޗާރޖް ނުވަތަ އެމީހުން އައްޔަންކުރާ އިސް މުވައްޒަފެއްގެ ބެލުމުގެ ދަށުން އަންގާފައިވާ ގަވާއިދުތަކާއި މަސައްކަތް ކުރުމުގެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަޑައަޅާފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ފުރިހަމަ ކުރުން.
  3. ޑިއުޓީ ސްޕަވައިޒަރ، ޝިފްޓް އިންޗާރޖް ނުވަތަ އެމީހުން ޢައްޔަން ކުރާ އިސްމުވައްޒަފެއްގެ ބެލުމުގެ ދަށުން، މަދަނީ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫންނާއި، އެމީހުން ގެންދާ ތަކެތި ބަލައި ފާސްކުރުން.
  4. އެއަރޕޯރޓްގެ ސެކިއުރިޓީ ރެސްޓްރިކްޓެޑް އޭރިޔާތަކަށާއި މަތިންދާބޯޓް ފަހަރަށް ނުރައްކާތެރި ތަކެތި ގެންދިއުން ހުއްޓުވުމަށް، މި ސަރަހައްދުތަކަށް އެކްސެސްވާ މީހުންނާއި ދާގީނާތަކާއި ވެހިކަލްތަކާއި އަދި އެވެހިކަލްތަކުގައި ގެންދާތަކެތި ބަލައި ފާސްކުރުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން "ދިވެހި" މިމާއްދާއިން ދަށްވެގެން 'ސީ' ފާސްލިބިފައިވުން. ނުވަތަ
  2. ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ
  3. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭސިކް ޓްރެއިނިން ހަދާފައިވުން. (ބޭސިކް ޓްރެއިނިންގ ހަދާފައިވާނަމަ، ބޭސިކް ޓްރެއިނިންގ ހެދިކަމަށް އެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމެއް އޮންނަންވާނެއެވެ)

އޭވިއޭޝަން ސެކިއުރިޓީ އޮފިސަރެއްގެ ކިބައިގައި ހުންނަންވާ އެހެނިހެން ސިފަތައް:

  1. ޢުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ ދިވެހި ރައްޔިތެއްކަމުގައިވުން.
  2. އިސްކޮޅުގައި '5 (ފަސް) ފޫޓް ހުރުން.
  3. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ގަބޫލުކުރެވޭ މިންގަނޑަށް ފުރިހަމަ ސިއްޙަތެއްގައި ހުރިކަން ސާބިތުކުރުން (އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާއަށް ހޮވޭ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައި ދެވޭނީ އޭވިއޭޝަން (ކްލާސް 3) ގެ މެޑިކަލް ހެދުމަށްފަހު އެ މެޑިކަލް އިން ފާސްވާފަރާތްތަކަށެވެ).

ހުށަހަޅަންޖެހޭ ލިޔުންތައް:

1.ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމު(މިފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2.ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު(ގުޅޭނެ ފޯނުނަންބަރާއި އީމެއިލްއެޑްރެސް ހިމެނޭގޮތަށް)

3.ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް

ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4.ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށްހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާލިޔުން.

5.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެކޮޕީ؛ (ހ)މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭމަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7 .ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ

ސެޓުފިކެޓްގެ ކޮޕީ.

8 .މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެކޮޕީ: (ހ)ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ،އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން.

(ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،

ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ

އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން؛ ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއްހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނަށް (ލިބިފައިވާ އިތުރު ތަޢުލީމާއި ދާއިރާއާއިގުޅޭ ކުރު މުއްދަތުގެ ތަމްރީން) %40
  2. އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން) %5
  3. މަސައްކަތުގެ ތަޖްރިބާ (ވަޒީފާއާގުޅޭ ތަޖުރިބާ/ އެހެނިހެން ތަޖުރިބާ)
  4. ލިބިފައިވާ ހުނަރު (އިންޓަވިއު/ އިމްތިހާން) %45

މީގެ އިތުރުން ތިރީގައި މި ދަންނަވާ ކަންތައްތަކަށް ބެލޭނެއެވެ.

  • ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ކޮންމެ އެއަރޕޯރޓެއްގައިވެސް އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
  • ޝިފްޓް ޑިއުޓީ އުޞޫލުން މަސައްކަތް ކުރެވޭނެ ސިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
  • ޔުނިފޯރމް އަޅައިގެން ދަންފަޅިތަކުގައި މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރ 23ގެ 14:00 ގެ ކުރިން،ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑްކުއޯޓަރޒް (ސްޓާފް ކުއަރޓަރސް 2ގެ 1 ވަނަ ފަންގިފިލާ) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއްކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ،2019 ނޮވެމްބަރ 17އިން 2019 ޑިސެމްބަރ 5 އާއި ދެމެދު ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑްކުއާޓަރޒް ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ3013435,3013436 އަށެވެ.އީ-މެއިލް ކުރާނީ[email protected] އަށެވެ.

16 ސަފަރް 1441

15 އޮކްޓޫބަރު 2019
ހޯދާ