މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންބަލަހައްޓަމުންގެންދާ އިމާރާތް ތަކުގައި އަލިފާންނިވި ހަރުކޮށް 01 (އެކެއް) އަހަރަށް ސަރވިސްކޮށްބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް:

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންބަލަހައްޓަމުންގެންދާ އިމާރާތް ތަކުގައިއަލިފާންނިވި ހަރުކޮށް 01 (އެކެއް) އަހަރަށް ސަރވިސްކޮށްބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް:

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންބަލަހައްޓަމުންގެންދާ އިމާރާތް ތަކުގައި އަލިފާންނިވި ހަރުކޮށް 01 (އެކެއް) އަހަރަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)471-CDS3/1/2019/166 (01 އޮކްޓޫބަރ 2019) އިޢުލާންއާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ޕްރީބިޑް ބައްދަލުވުން

މި އިޢުލާންއާއި ގުޅިގެން ސައިޓްތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ތާރީޚްތައް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

ބިޑް ސެކިއުރިޓީ، ޕާފޯމަންސް ސެކިއުރިޓީ އަދި އެޑްވާންސް ޕޭމަންޓް

މި އިޢުލާން އާއި ގުޅިގެން ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 20,000.00ރ (ވިހި ހާސް ރުފިޔާ) 60 ދުވަހުގެ ބޭންކް ގެރެންޓީ އާއިއެކު ހުށަހަޅުއްވަންވާނެއެވެ. މި މަސައްކަތަށް ހޮވޭ ފަރާތުން މަސައްކަތުގެ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ %5 ހުށަހަޅަންވާނެއެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 އޮކްޓޯބަރ 21 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 އޮކްޓޯބަރ 20 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސިޓީއުރައިގެ ބޭރުގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައި އޮންނަންވާނެއެވެ.

 

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ،

އަމީނީ މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންބަލަހައްޓަމުންގެންދާ އިމާރާތް ތަކުގައި އަލިފާންނިވި ހަރުކޮށް 01 (އެކެއް) އަހަރަށް ސަރވިސްކޮށްބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު ނަންބަރު:    (IUL)471-CDS3/1/2019/174 

15 ޞަފަރު   1441ހ.

14 އޮކްޓޫބަރު 2019
ހޯދާ