ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމައްޓަކައި ގޯތި ދޫކުރުމައިބެހޭ

ދިރިއުޅުމައްޓަކައި ގޯތި ދޫކުރުމައިބެހޭ

 

                ގައްދޫގައި ހިއްކާފައިވާ ހުސްބިމުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓު (32.21 ފޫޓު×62.13 ފޫޓު) ގެ 13 ގޯތި ދޫކުރުމަށް ގައްދޫ ކައުންސިލުން ނިންމާފައިވުމާއެކު ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުޞަތު މިއަދުންފެށިގެން ހުޅުވާލައިފީމެވެ.

                ވީމާ، ގޯއްޗަށް އެދިހުށަހެޅުމަށް އެދިލައްވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ "ގދ.ގައްދޫ އިން ގޯއްޗަށްއެދޭ ފޯމް 2019" ނަންގަވާ ފުރުއްވުމަށްފަހު ފޯމްގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ގޯއްޗަށް އެދި ހުށަހަޅާ ފޯމްތައް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 14 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުން ފެށިގެން 14 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 13:30 އަށެވެ.

                މިއިޢުލާނާއެކު "ގައްދޫއިން ދޫކުރަން ހަމަޖެހިފައިވާ ގޯތިތައް އަންގައިދޭ ޗާޓު" އާއި "ގޯއްޗަށް އެދި ހުށަހަޅާ މީހުންގައިގައި ހުންނަންވާ ޝަރުތު 2019" އާއި "ގދ.ގައްދޫ އިން ގޯއްޗަށް އެދިފައިވާ މީހުންނަށް ޕޮއިންޓްދޭ ތާވަލް މިއިދާރާގެ ނޯޓިސް ބޯޑާއި، ސަރުކާރުގެ ގެޒެޓްގައި ޝާޢިއު ކުރެވިފައިވާނެއެވެ.         

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

                  13 ސެޕްޓެމްބަރ 2019 

14 އޮކްޓޫބަރު 2019
ހޯދާ