ދިވެހިރާއްޖެ
ސާކިއުލަރ
ނަމްބަރު: MCA/IL/006/2019
ޗެސް އެސޯސިއޭޝަގެ ހިންގާ ކޮމެޓީގެ ހުސްވެފައިވާ މަޤާމްތަކަށް މެމްބަރުކަމަށް ނަން ހުށައަޅާފައިވާ ބޭފުޅުންގެ މެދުގައި ވޯޓް ނެގުން.
މޯލްޑިވްސް ޗެސް އެސޯސިއޭޝަން ހިންގާ ކޮމެޓީ އިން ހުސްވެފައިވާ (2)ދެއް މަގާމަށް މެންބަރުން ނަން ހުށައަޅާފައިވާ ބޭފުޅުންގެ މެދުގައި ވޯޓުނެގުމަށް 18.10.2019 ވަނަ ވާ ހުކުރުދުވަހު ގެ ރޭ 20.30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވޯޓުލުމަށް ޝަރުތު ހަމަވާ ބޭފުޅުން:
- މޯލްޑިވްސް ޗެސް އެސޯސިއޭޝަންގައި ރަގިސްޓްރީވެފައިވާ ފުރިހަމަ ކުލަބްތަކުގެ ބޭފުޅުން:
- ކްލަބް ޑަބަލް އެއިޓް
- ކްލަބް ޗެސް މޭޓް
- ކްލަބް ބެސްޓް މޫވް
- ހުޅުމާލެ ޗެސް ކްލަބް
- ކާސެލް ޗެސް ކްލަބް އެންޑް އެކެޑެމީ
- ކްލަބް ސްޓޯން ވޯލް
- ޑީއެކްސް ސްޕޯޓްސް ކްލަބް
- ކްލަބް ގާމަގު
- ކްލަބް ޗެކް މޭޓްސް
ކްލަބް ތަކުން ވޯޓު ލާން އަންނަ މީހުންގެ ޝަރުތު ތަކާއި ހުށައަޅަން ޖެހޭ ލިޔުންތައް:
- ކްލަބް މެމްބަރެއް ކަމުގައިވުން
- ކްލަބުގެ ހިންގާ ކޮމިޓީއިން ވޯޓު ދިނުމަށްފަހު ފާސްކޮށްފައިވާ ލިޔުން.
- ވޯޓުލާން އަންނަ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ވޯޓު ލުމުގެ 15 މިނެޓް ކުރިން ހޯލަށް ވަޑައިގެން ރަޖިސްޓްރޭޝަން ފުރިހަމަ ކުރަން ވާނެއެވެ. އަދި އެއާއިއެކު 20.40 ގެ ފަހުން ވަޑައިގަންނަވާ ކެޑިޑޭޓުންނާއި ޑެލިގޭޓުންނަށް އިންތިޚާބީ ޖަލްސާގައި ބައިވެރިވަޑައި ނުގަނެވޭނެއެވެ.
މަތީގައި ބަޔާން ކޮށްފައިވާ ކްލަބްތަކުން ވޯޓުލާން ހަމަޖައްސައިފައިވާ ބޭފުޅުން 18.10.2019 ވާ ހުކުރުދުވަހުގެ ރޭ 20.30 އަށް ސޯޝަލް ސެންޓަރ، މާލެ (ސެމިނަރ ރޫމް) އަށް ދުރުވުން އެދެމެވެ.
13 އޮކްޓޫބަރ 2019