ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮމިއުނިޓީ އޮފިސަރ

ނަންބަރު: HDC(161)-HR/IU/2019/141 
ތާރީޚް: 10 އޮކްޓޯބަރު 2019


ވަޒީފާއަދާކުރަންޖެހޭ ތަން: ހުޅުމާލެ
މަސައްކަތު ގަޑި: ޑިއުޓީ އުސޫލުން

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު މަސައްކަތުގެ ދާއިރާގައި 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:
- ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ހިނގާތޯ ބެލުން
- ހުޅުމާލޭގެ އެކިސަރަހައްދުތަކުގައި އުފެދޭ ކުނިފަދަ ތަކެތި ނައްތާލުމާއި ގުޅޭ އެންމެހައި ކަންކަން ކުރުން.
- އެޗްޑީސީން ކުއްޔަށްދީފައިވާ ތަންތަނުގައި ޢަމަލުކުރަމުންދަނީ ޤަވާއިދާއި އެއްގޮތަށްތޯ ބެލުން.
- ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައި ހުރި ހުސްބިންތައް ޤަވައިދާ ޚިލާފަށް ބޭނުންކުރޭތޯ މޮނިޓަރކޮށްބެލެހެއްޓުން.
- ހުޅުމާލެ ފޭސް 2ގައި އިވެންޓް އޭރިއާ ބެލެހެއްޓުން.
- މަގުތަކުގައިވާ ސްޓްރީޓް ލައިޓްތަކާއި ޕާކުގަތަކުގައި ހުންނަ ލައިޓްތައް ޗެކްކޮށް ފާހަގަކުރެވޭ މައްސަލަތަށް ގުޅުން ހުރި ޑިޕާޓްމެންޓްތަކަށް ހިއްސާކުރުން.
- ޕާކްތައް ޗެކު ކުރުމަށްފަހު މަހަކު އެއްފަހަރު ހާލަތު އަންގައިދޭ ރިޕޯޓެއް ހުށަހެޅުން.
- މަގުތައް ބެލެހެއްޓުން (މަގުތަކުގައި ހިގާބިގާވެއުޅުމަށާއި ދުއްވާ ތަކެއްޗަށް ދަތިވާގޮތަށް) އެއްވެސްކަމެއް ހުރިތޯ ބެލުން، ހުރިނަމަ އެކަން ޙައްލުކުރުން.
- ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ ޕޯޓަލް(CPM ) އަށް އަންނަ ޝަކުވާތަކަށް ހައްލު ހޯދައި ދިނުން.
- ޖެޓީ ސަރަޙައްދު ބެލެހެއްޓުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
- މުޢާމަލާތު ކުރުމުގެ ހުނަރު
- ސަލާމަތީ ކަންތައްތައް ދަންނަމީހެއްކަމުގައިވުން.
- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް (A0 , A1)ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ޞިއްޙަތެއްގައި ހުރުން

މުސާރަ: އަސާސީ މުސާރައާއި އެހެނިހެން އިނާޔަތްތަކާއެކު 9800.00ރ - 10900ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
............................................................................................................
މިވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯރމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 17 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މައި އޮފީސް
ގްރައުންޑް ފްލޯރ، ރިޝެޕްޝަން، އެޗް.ޑީ.ސީ ބިލްޑިންގ
ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު: 3353535
ފެކްސް: 3335892

10 އޮކްޓޫބަރު 2019
ހޯދާ