ދިވެހިރާއްޖެ
މިސެންޓަރު ގެ ނަންބަރު (IUL)177/1/2019/66 އިޢުލާން އިން ދިވެހި ފިލްމު އެވޯޑްސް 9 ށް ފިލްމުތަށް ހުށަހެޅުމަށް ހުޅުވާލެވުނު ފުރުޞަތު 10 އޮކްޓޫބަރު 2019 ގައި ހަމަވެފައިވާތީ، ވީހާވެސް ގިނަބަޔަކަށް ފުރުޞަތު ހުޅުވާލުމުގެ ގޮތުން ފިލްމު އެވޯޑްސް 9 ށް ފިލްމުތައް ހުށަހެޅުމުގެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ވާހަކަ ދަންނަވަމެވެ.
ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ "ދިވެހި ފިލްމު އެވޯޑްސް" މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯޑްގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ 2017 އަދި 2018 ވަނަ އަހަރު ރިލީޒްކޮށްފައިވާ ފިލްމުތަކެވެ.
އެގޮތުން "ދިވެހި ފިލްމު އެވޯޑްސް 9" ގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައި "ދިވެހި ފިލްމު ފެސްޓިވަލް އާއި ފިލްމު އެވޯޑްސް" ގެ އުޞޫލް އާއްމުކޮށް އިޢުލާންކުރަމެވެ. މި އުޞޫލުގައިވާ ފެސްޓިވަލްގެ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ދިވެހި ފިލްމު އެވޯޑްސް 10" ން ފެށިގެންނެވެ.
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު އެވޯޑްސް 9 ގައި ފިލްމު ބައިވެރިކުރުމުގެ އެންމެ ފަހު ތާރީޚަކީ 13 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 13:30 އެވެ. މިއެވޯޑުގެ އުޞޫލް އަދި ބައިވެރިވުމަށް އެދޭ ފޯމް އެން.ސީ.އޭގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެވުމަށް 3344667 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.