އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ހުދާމިސްކިތުގައި ކުލަލައިދޭނެ ފަރާތެއް ހޯދުން:

މިރަށު ހުދާމިސްކިތުގައި ކުލަލައިދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުންކުރި ނަންބަރު: IUL)340/340/2019/44)  އިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ ޢިޢުލާން ބާޠިލްކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ހުޅުވާލަމެވެ.

                          މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ      ފަރާތްތަކުގެ   ޤަވާޢިދު         ނަންބަރު:  R-2019/1019" ގައިވާގޮތުގެމަތީން، ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

                          ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2019 އޮކްޓޫބަރު 10 އިން 24 އަށް ރަޖިސްޓްރީވުމަށް އެދި [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6660714 ނަންބަރު ފޯނާ ގުޅުއްވައި ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓްނުކުރާ ފަރާތްކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީދޫކުރެވޭނީ 44ރ (ސާޅީސް ހަތަރު ރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

            މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2019 އޮކްޓޫބަރު 24 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޮނުވުމުން ޖަވާބު ފޮނުވޭނެއެވެ.

                          މި މަސައްކަތަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 1,000.00ރ (ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓަރ) ހުށަހަޅުއްވަންވާނެ އެވެ.

                          މި މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ 2019 އޮކްޓޫބަރު 24 ވަނަ ދުވަހުގެ 11:20 ގައި މި އިދާރާގައެވެ. އަދި  ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2019 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 11:20 ގައި މި އިދާރާގައެވެ.

10 އޮކްޓޫބަރު 2019
ހޯދާ