ދިވެހިރާއްޖެ
މިރަށު ހުދާމިސްކިތާއި ހިނަވާގޭގެ ބައެއް މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުންކުރި ނަންބަރު: IUL)340/340/2019/41) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ ޢިޢުލާން ބާޠިލްކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު ނަންބަރު: R-2019/1019" ގައިވާގޮތުގެމަތީން، ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2019 އޮކްޓޫބަރު 10 އިން 21 އަށް ރަޖިސްޓްރީވުމަށް އެދި [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6660714 ނަންބަރު ފޯނާ ގުޅުއްވައި ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓަރީވުމަށް ނަންނޯޓްނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ. ބިޑްޑޮކިއުމަންޓުހެ ހާޑުކޮޕީ ބޭނުންވާ ފަރާތްތަކަށް ހާޑުކޮޕީ ދޫކުރެވޭނީ 52ރ (ފަންސާސް ދެރުފިޔާ) ދެއްކުމުންނެވެ.
މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާނަމަ މަތީގައިއެވާ މެއިލަށް 2019 އޮކްޓޫބަރު 24 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ފޮނުވުމުން ޖަވާބު ފޮނުވޭނެއެވެ.
މި މަސައްކަތަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 3,000.00ރ (ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓަރ) ހުށަހަޅުއްވަންވާނެ އެވެ.
މި މަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 2019 އޮކްޓޫބަރު 24 ވަނަ ދުވަހުގެ 10:20ގައި މި އިދާރާގައެވެ. އަދި ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނީ 2019 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 10:20ގައި މި އިދާރާގައެވެ.