ދިވެހިރާއްޖެ
މި ކައުންސިލަށް 03 ޓަނުގެ ޑަންޕު ޕިކަޕެއް ގެނެސްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުންކުރި ނަންބަރު: IUL)340/340/2019/39) އިޢުލާނާގުޅިގެން އެކަށީގެންވާ ޢަދަށް އަންދާސީހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއްހޯދުމަށް ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2019 އޮކްޓޫބަރު 10 އިން 21 އަށް ރަޖިސްޓްރީވުމަށް އެދި [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6660714 ނަންބަރު ފޯނާ ގުޅުއްވައި ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރައްވާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ 46ރ (ސާޅީސް ހަރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.
މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާނަމަ މަތީގައި އެވާމެއިލަށް 2019 އޮކްޓޫބަރު 24 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް މެއިލްކުރެއްވުމުން ޖަވާބު ފޮނުވޭނެއެވެ.
މި މަސައްކަތަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 3,000.00ރ (ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓަރ) ހުށަހަޅުއްވަންވާނެއެވެ. ބިޑްސެކިއުރިޓީގެ މުއްދަތަކީ ބިޑުހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.
މި މަސައްކަތުގެ ޕްރީބިޑް މީޓީންގ އޮންނާނީ 2019 އޮކްޓޫބަރު 24 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ. ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2019 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 10:00 މި އިދާރާގައެވެ.