ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢްލޫމާތާއި އެއްގޮތަށް 5000 (ފަސްހާސް) ޖިއޯބޭގްސް ގަންނަން ބޭނުންވެއްޖެއެވެ

އިޢްލާން

 

 

 

މިއިދާރާގެ ނަންބަރު: (IUL)374-C/374/2019/75 (15 ސެޕްޓެމްބަރު 2019) އިޢްލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ އަގުތައް ބޮޑުވުމާއެކު އެ އިޢްލާން ބާޠިލްކޮށް އަލުން އިޢްލާން ކުރަމެވެ.

މި އިދާރާއިން ދޭ މަޢްލޫމާތާއި އެއްގޮތަށް 5000 (ފަސްހާސް) ޖިއޯބޭގްސް ގަންނަން ބޭނުންވެއްޖެއެވެ.

ޖިއޯބޭގްސް އާއި ބެހޭ ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ގެޒެޓުން އަދި ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2019 އޮކްޓޯބަރ 13 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑިގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ. 

ވީމާ، މި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ވާނަމަ 2019 އޮކްޓޯބަރ 28 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުން www.fncl.gov.mv ޑައުންލޯޑު ކުރެއްވޭނެއެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢްލާން ކުރީމެވެ.

11  ޞަފަރު  1441

10 އޮކްޓޯބަރ  2019

10 އޮކްޓޫބަރު 2019
ހޯދާ