މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާޢީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން

މިރަށުގެ އިރުމަތީ ފަރާތުގައިވާ ސިނާޢީ ސަރަހައްދުން ސިނާއީބިން ދޫކުރުމަށް ނިންމާފައިވާ ނިންމުމާއި ގުޅިގެން، ބިމަށް އެދި ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ.

މިއިޢުލާނާއި ގުޅިގެން، "ބީ-ކެޓަގަރީ"އިން ބިމަށް އެދި ހުށަހެޅުމުގެ ފުރުސަތުވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. މި ކެޓަގަރީގެ ބިން ދޫކުރުމުގެ މަޤުސަދަކީ، ކުރަމުންގެންދާ ސިނާޢީ މަސައްކަތްތައް ކުރުމަށް ފުރުސަތު ފަހި ކޮށްދިނުމެވެ. މިއިޢުލާނާއި ގުޅިގެން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 15 (ފަނަރަ) އަހަރުދުވަހުގެ މުއްދަށެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މިއިދާރާގައި ނަންނޯޓުކުރެއްވުމަށްފަހު، ބީލަން ފޮތް ބައްލަވައިގެންނެވުން އެދެމެވެ. ބީލަންފޮތަށް އެދޭ ފަރާތްތަކުން މިއިދާރާއަށް ފައިސާ ދެއްކެވުމުން، ސޮފްޓް ކޮޕީފޯމެޓުގައި ބީލަންފޮތްތައް ދޫކުރެވޭނެއެވެ.

ބީލަންފޮތް ބައްލަވާގަތްފައިވާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި ބީލަން ހުށަހެޅުން އޮންނާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ. މިއިޢުލާނާއި ގުޅިގެން ބޭއްވޭ ޕްރީބިޑް މީޓިންގްއަށް ޙާޟިރުވުމަކީ އިޚްތިޔާރީ ކަމެކެވެ.

ނަންނޯޓު ކުރުމާއި ބީލަންފޮތް ވިއްކުން

ޕްރީބިޑް މީޓިންގް

ބީލަން ހުށަހެޅުމާއި، ހުޅުވުން

09 އޮކްޓޯބަރ 2019 އިން ފެށިގެން 16 އޮކްޓޯބަރ 2019 ގެނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު، ހެނދުނު 09:00 އިން މެންދުރުފަހު 14:00 ގެ ނިޔަލަށް

17 އޮކްޓޯބަރ 2019 ގެ 13:00 ގައި ދިއްފުށީ ކައުންސިލްގެ އިދާރާގެ މީޓީންގް ހޯލުގައި

ބީލަން ހުށަހަޅަން ޖެހޭނީ، 20 އޮކްޓޯބަރ 2019 ގެ 13:00 ގައި ދިއްފުށީ ކައުންސިލްގެ އިދާރާގެ މީޓީންގް ހޯލުގައި

ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 17 އޮކްޓޯބަރ 2019 ގެ 13:00 ގެކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.

ހުށަހަޅާ ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

ޕޮއިންޓް ދެވޭނޭ މިންގަނޑު:

ދާއިރާ

ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް

ޕޮއިންޓްގެ އަދަދު

ފޯރމިއުލަރ

ޖުމްލަ އަގު

މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ، ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު ބެންޗްމާކް އެއްކަމުގައި ބަލައިންގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

45

ހުށަހެޅި އަގު /

  ބެންޗްމާރކު * 45

ރަށްވެހި ޕޮއިން

ހުށަހަޅާ ފަރާތަކީ ދިއްފުށީ ރަށްވެހިންގެ ދަފުތަރުގައި އޮތްނަމަ  މިބަޔަށް ފުރިހަމަ ޕޮއިންޓްލިބޭނެއެވެ. ހުށަހަޅާ ހުށައެޅުންތަކުން މިކަން ވަޒަންކުރާނީ ބިޑް ކޮމިޓީއިންނެވެ.

10

10

މަސައްކަތްހިންގާ ފަރާތަކަށްވުން

ރަށުގައި ސިނާއީ މަސައްކަތެއް ހިންގާ ފަރާތަކަށްވާނަމަ  މިބަޔަށް ފުރިހަމަ ޕޮއިންޓްލިބޭނެއެވެ.

17.5

17.5

ވޯކްސްޓޭޝަން

ރަށުގައި މިހާރު މަސައްކަތް ހިންގާ ވޯރކް ޝްޓޭޝަނެއް އޮތްނަމަ މިބަޔަށް ފުރިހަމަ ޕޮއިންޓްލިބޭނެއެވެ.

25

25

ތަޖުރިބާ

ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުން އެފަރާތްތަކުން މަސައްކަތް ކޮށްފައިވާ ތަޖުރިބާގެ ގޮތުގައި ބެލެވޭ އަހަރުތަކަށް ދެވޭ މާކުސް، މިބައިން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެ ގިނައަހަރު ތަޖުރިބާގެ ގޮތުގައި ހުށަހަޅާ (ބިޑްކޮމިޓީއިން) އެޕްރޫވަލް ލިބޭ ފަރާތަކަށެވެ.

2.5

ހުށަހެޅި އަހަރު /

  ބެންޗްމާރކު * 2.5

ޖުމްލަ

 

100

100

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ބީލަންފޮތް ބައްލަވާގެންފައިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 6640071 ނަންބަރު ފޯނާއެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
  • ސަލީމީހިގުން، ކ.ދިއްފުށި
  • ފޯން: 6640071
  • އީމެއިލް: [email protected]

09 އޮކްޓޯބަރ 2019

09 އޮކްޓޫބަރު 2019
ހޯދާ