ދިވެހިރާއްޖެ
އިޢުލާން
ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން ހަރުދަނާ ކުރުމަށްޓަކައި ބަގީއެއް ގަތުމާބެހޭ
މިކައުންސިލަށް ބަގީއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރެވިފައިވާ ނަންބަރު: (IUL)335-AS/335/2019/09 އިޢުލާން އާއި ގުޅިގެން މަސައްކަތް ހަވާލްކުރެވުނު ފަރާތުން މުއްދަތު ހަމަވިއިރުވެސް ބަޤީ ސަޕްލައިކޮށްދީފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެ މަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.
ކައުންސިލުންދޭ ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން ހަރުދަނާ ކުރުމަށްޓަކައި މިކައުންސިލަށް ބަގީއެއް ގަތުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި ވެހިކަލް ސަޕްލައިކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 17 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.