ދިވެހިރާއްޖެ
ސްކޫލް ކެންޓީން ހިންގައިދޭނެ ފަރާތެއް ހޯދުން
މި ސްކޫލުގެ ކެންޓީން އަމިއްލަ ތަކެތީގައި ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު IUL)GZS/0219/58) އަށް އެކަށީގެންވާ ޢަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާނު ބާތިލުކޮށް، މި ސްކޫލުގެ ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދުމަށް،އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރެއްވުމަށްފަހު މި ސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ހީރަސްކުރެވިފައި ވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޣާޒީ ސްކޫލް، ހުޅުމާލެ
- ފޯން: 3350733
- އީ-މެއިލް: [email protected]
# |
ތަފުސީލު |
ތާރީޚު |
ގަޑި |
1 |
ރަޖިސްޓަރީކުރުން |
10 އޮކްޓޯބަރު 2019 އިން 14 އޮކްޓޯބަރ 2019 |
ހެނދުނު 08:00 ން މެންދުރުފަހު 02:00 އަށް |
|
މަޢުލޫމާތު ސާފުކުރުން |
16 އޮކްޓޯބަރު 2019 (ބުދަ) |
މެންދުރުކުރި 11:00 |
2 |
އަންދާސީހިސާބު ހުށަހެޅުން |
20 އޮކްޓޯބަރު 2019 (އާދީއްތަ) |
މެންދުރުކުރި 11:00 |
09 އޮކްޓޯބަރު 2019