މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އިމާރާތްކުރުމާއި ގުޅޭ ބައެއްތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އިމާރާތްކުރުމާއި ގުޅޭ ބައެއްތަކެތި ސަޕްލައިކޮށްދޭނެ  ފަރާތެއް ހޯދުމާއި ގުޅޭ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އިމާރާތްކުރުމާއި ގުޅޭ ބައެއްތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 16 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 އޮކްޓޯބަރ 15 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ،

އަމީނީ މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އިމާރާތްކުރުމާއި ގުޅޭ ބައެއްތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

އިޢުލާނު ނަންބަރު:   IUL)471-CDS3/1/2019/148)

08 އޮކްޓޫބަރު 2019
ހޯދާ