ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައު ޢިމާރާތުގެ އޮފީސް ޕާޓިޝަން ޖެހުމާއި ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އައު ޢިމާރާތުގެ އޮފީސް ޕާޓިޝަން ޖެހުމާއި ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
- މި ސްކޫލުގެ އައު ޢިމާރާތުގެ އޮފީސް ޕާޓިޝަން ޖެހުމާއި ފަރުނީޗަރ ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު GS79/IULAAN/2019/24 އަށް އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކުރުމަށްފަހު މިމަސައްކަތް ކުރުމަށް 2 ވަނަ ފަހަރަށް އިޢުލާން ކުރީމެވެ. ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އިހަވަންދޫ ސްކޫލް އޮފީހަށް ދުރުވެ 2019 އޮކްޓޯބަރ 9 އިން 2019 އޮކްޓޯބަރ 17 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޮކްޓޯބަރ 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 އޮކްޓޯބަރ 20 ވާ އާދިއްތަ ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
- ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރ 30 ވާ ބުދަ ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިހަވަންދޫ ސްކޫލް
އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.
ފޯން: 6500096
އީ-މެއިލް: [email protected]
9 ޞަފަރު 1441
8 އޮކްޓޯބަރ 2019
08 އޮކްޓޫބަރު 2019
ހޯދާ