މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި ނެގުމާއި ގުޅޭ ގޮތުން

އިޢުލާން

ކުނި ނެގުމާއި ގުޅޭ ގޮތުން

"ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމާއި ކުނި ނައްތާލުމާއިބެހޭ އުޞޫލުގެ" ދަށުން މިފަހަކަށް އައިސް ގިނަ ފަރާތްތަކުން ޢަމަލު ކުރަމުން ނުދާތީ އެކަމާ ގުޅޭގޮތުން ދަންނަވަމެވެ.

މިހާރު ގޭގެއިން ކުނި ނަގަމުން ގެންދާއިރު، ގިނަ ގޭގެއިން، ކުނީގެ ބާވަތްތައް ވަކިނުކޮށް ހުންނަކަމާއި އަދި ހުރިހާ ބާވަތެއްގެ ކުނި އެއްކޮށްފައި ހުންނަކަންވެސް މިކައުންސިލަށްވަނީ ފާހަގަ ކުރެވިފައެވެ. "ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމާއި ކުނި ނައްތާލުމާއިބެހޭ އުޞޫލުގެ" 6.2 ވަނަ މާއްދާގެ 'ވ' ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އެކިބާވަތުގެ ކުނި ވަކި ވަކިން ބެހެއްޓިފައި ނުވާނަމަ، "ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމާއި ކުނި ނައްތާލުމާއިބެހޭ އުޞޫލުގެ" 6.2 ވަނަ މާއްދާގެ 'މ' ގެ ދަށުން އެ ގޭބީސީތަކުން އެދުވަހު ކުނި ނުނަގާނެ ވާހަކަ ދެންނެވީމެވެ. އަދި އެގޭބީސީ ތަކުން ކުނި ނަގާނީ ޖެހިގެން އަންނަ ދުވަހު އެކަން އިސްލާޙުކޮށްފައިވާ ނަމަ އެވެ.

މިހެންކަމުން މިފަދަ ކަންތައްތައް ކުރަމުން ގެންދާ ފަރާތްތަކުން މިއަދުން ފެށިގެން (07 އޮކްޓޯބަރ 2019) މިކަން ކަން ތަކުރާރުނުކޮށް ކުރިއަށް އޮތްތާގައި މިފަދަ ކަންތައްތައް އިސްލާޙުކުރުމަށް އެދި ދެންނެވީމެވެ. އަދި މިކަން ކަން އިސްލާޙުނުވެ ތަކުރާރުވަމުންދާނަމަ، "ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމާއި ކުނި ނައްތާލުމާއިބެހޭ އުޞޫލުގެ"، '8' ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

08 ޞަފަރު 1441

07 އޮކްޓޫބަރު 2019
ހޯދާ