ދިވެހިރާއްޖެ
މިރަށު މަސްޖިޖުއްނޫރުގެ ތަޅުމާއި ފާރުގައި ޖަހާފައި ހުރި މުށިތައް ނައްޓައި އަލުން މުށިޖެހުމާއި، ސީލިންގްގެ ބޯޑަރުން ނެއްޓިފައިވާ ބައިތައް އަލުންހަރުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރިން އާންމު ކޮށްފައިވާ، މިއިދާރާގެ ނަންބަރ (IUL)246/246/2019/44 (16 ސެޕްޓެމްބަރ 2019) އިއުލާނާ އެކު، އާންމުކޮށްފައިވާ މަސައްކަތް ކުރުމަށް، އެކަށީގެންވާ އަދަދަކަށް އަންދާސީ ހިސާބު ހުށައަޅާފައި ނުވެއެވެ.
ވީމާ، މިރަށު މަސްޖިޖުއްނޫރުގެ ތަޅުމާއި ފާރުގައި ޖަހާފައި ހުރި މުށިތައް ނައްޓައި އަލުން މުށިޖެހުމާއި، ސީލިންގްގެ ބޯޑަރުން ނެއްޓިފައިވާ ބައިތައް އަލުންހަރުކުރުމާއި، މިސްކިތުގެ ބޭރުފާރުގައި ކުލަލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 15 އޮކްޓޫބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 އޮކްޓޫބަރު 2019 ވާ ބުދަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރުގައި "ހއ. މޮޅަދޫ މަސްޖިދުއްނޫރު މަރާމާތު ކުރުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ ކުރިންނާއި، ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިމަސައްކަތް ކުރުމަށްއެދި ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު: 19/2014 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހާޟިރުވެލެއްވުމަށް އުޒުރުވެރި ވެލައްވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުއްވިދާނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތުގެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުން ފުޅުވެލައްވާނަމަ، ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6500031 އަށް ގުޅުއްވުން އެދެމެވެ.