ދިވެހިރާއްޖެ
ނަންބަރު:IUL)345-CAA/345/2019/42)
އިޢުލާން
މިއަތޮޅުގެ ރަށްރަށަކީ ސާފުތާހިރު، އަދި ސާފުތާހިރުކަމަށް ލޯބިކުރާ މީހުން ދިރިއުޅޭ، އެރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ހިތްގައިމު ރަށްތަކަކަށް ހެދުމުގެ މަޤްސަދުގައި، 03 އޮކްޓޫބަރު 2019 ގައި ބޭއްވުނު ކައުންސިލަރުންގެ ކޮންފަރެންސްގައި މަޝްވަރާކުރެވި "ސާފު އަރިއުތުރު" ގެ ނަމުގައި ކޮންމެ އަހަރަކު އަތޮޅުގެ ކޮންމެވެސް އެއްރަށެއްގައި ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން، ސާފުކުރުމުގެ ފުރަތަމަ ޕްރޮގްރާމް މިއަތޮޅު ފެރިދޫގައި 19 އޮކްޓޫބަރު 2019 ގައި ހިންގުމައްވަނީ ހަމަޖެހިފައެވެ. އަދި މިޕްރޮގްރާމްގައި ބައިވެރިވެލައްވާ ފަރާތްތަކައް ކެއުމާއި، ސައިފޮދުގެ އެއްމެހާ ކަންތައްތައް ހަމަޖެހިގެންދާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 13 އޮކްޓޫބަރު 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއައް ދުރުވެ ނަންނޯޓް ކުރެއްވުމައް ދަންނަވަމެވެ.
މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ޞަފަރު 1441
08 އޮކްޓޫބަރު 2019